އަތޮޅުތައް

އާދަޔާ ހިލާފު ކުޑަ ރުކެއް ފޯދިފައި ވަނިކޮށް މަހިބަދޫއިން ފެނިއްޖެ


ފޯދިފައިވާ
އާދަޔާ ޚިލާފް ކުޑަ ރުކެއް އދ. މަހިބަދޫ އިން ފެނިއްޖެއެވެ.



މިރުއް
ފެނިފައިވަނީ، މަހިބަދޫ އެންދެރިމާގޭ ގިފިއްޔެއްގެ ތެރޭގައި ހެދިފައި ހުއްޓައެވެ.
ރުއް ފަޅާފައިވަނީ، އެގިފިލި ތެރޭގައި ހުރި ޖާފާނު ރުކެއްގެ ދަށުގައި ހުރި ކާށި
ތަކެއްގެ ތެރެއިން ކާއްޓަކުން ކަމަށް އެގޭގެ ވެރިފަރާތާ ހަވާލާދީ އެއަތޮޅުގައި
މަސައްކަތްކުރާ ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ.



"
ދެހަފްތާ ކުރިން އެއްޗެއް އިންކަން ފާހަގަ ކުރެވުނު. އެކަމަކު އިހަލެއް ހުރިކަން
ފާހަގަ ކުރެވުނުތާ މިވީ ތިންދުވަސް " އެގެއިން ވާހަކަ ދެއްކި މީހަކު
ބުންޏެވެ.



ޖުމްލަ
7 ކުރުއްޕަތްވެސް ނެތް މި ރުކުގައި ހުރި އިހަލުގައި ހުރީ މުޅިންވެސް ގޮބޮޅިކަމަށާއި،
މަލެއް ފެންނާކަށެތްކަމަށް މަންޒަރުދުއް ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ.



"
އިހާ އިނީ ކަޅުކައްޅަ ގަހެއް އިންހެން. އިހަލުގެ ގޮނޑިއެއްވެސް ފާހަގަ އެއް
ނުކުރެވޭ. އިހަލުގެ ދިގުމިނަކީ ގާތްގަނޑަކަށް 1 ފޫޓް " ޕީއެސްއެމްގެ ރިޕޯޓަރ
ބުންޏެވެ.



މިއާދަޔާ
ހިލާތު ރުއް ފޯދިފައިވާ މަންޒަރު ބެލުމަށް މަހިބަދޫ މީހުން ރުއް ހުރިގެއަށް ޒިޔާރަތްކުރަމުން
ދާކަމަށް ޚަބަރު ލިބިފައިވެއެވެ.