ޚަބަރު

އައްޑޫގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓު ދީފި


އައްޑޫގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓު ދީފިއެވެ.

ފެނަކައިން އައްޑޫގެ ގުޅިފައިވާ ރައްތަކުން މިއަދު ހެނދުނު ކަރަންޓު ވަނީ ކަނޑާފަައެވެ. އަދި ކަރަންޓް ކަނަޑާލުމަށަފަހު ކުރިންދިން ނޯޓިސްގައި ބުނި 7 ގަޑިއިރަށް ވުރެ ކުރިން، 5 ގަޑިއިރު ތެރޭގައިވަނީ ކަރަންޓަށް ދިމާވި މައްސަލަ ޙައްލު ކޮށްފައެވެ.
ގުޅިފައިވާ ރައްތަކުގެ ސެންޓްރަލް އިންޖީނުގެއިން ކަރަންޓު ކެނޑީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލު ކުރުމަށެވެ. ކަރަންޓަށް ދިމާވަި މައްސަލައާ ގުޅިގެން އެނަމެ ގިނައިރު ކަރަންޓް ކެނޑިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދުވަހަު ހަވީރު 5 އިން ފެށިގެން ރޭގަނޑު މެންދަމާ ހަމަޔަށް އައްޑޫގެ ގުޅިފައިވާ ރައްތަކުގ ކަރަންޓު ނެތި ރައްޔިތުން ވަގުތު ހޭދަ ކޮށްފައިވެއެވެ.

ފެނަކައިން މިމައްސަލަ ހައްލު ކުރުމަށް ކުރިއަލާ ވަނީ ތައްޔާރުވެފައެވެ. އެގޮތުން ކަރަންޓު ކެނޑުމުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާނުވާނޭހެން މުޢައްސަސާ ތަކާއި އެކު ވަނީ މަޝްވަރާ ކުރެވިފައެވެ. ހޮސްޕިޓަލަށް ބެކަޕް ޖެނެރޭޓަރ ވަނީ ގެންގޮސްފައެވެ. އެއާޕޯޓުގެވެސް އޮޕަރޭޝަން މަޑު ނުޖެހޭނެހެން މަޝްވަރާ ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހު އައްޑޫގެ ކަރަންޓަށް ދިމާވިފަދަ މައްސަލައެއް ދެން ދިމާނުވާނެހެން މިހާރު ފިޔަވަޅުތަށް އަޅާފައިވެއެވެ. ނަމަވެސް އައްޑޫގެ އިތުރުވަމުން އަންނަ އާބާދީއާއި ބަލައި ކަރަންޓު ކޭޕޭސިޓީ އިތުރުކުރަން ޖެހެއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް 25 މެގަވޮޓުގެ ކަރަންޓު އައްޑޫގައި އުފެއްދޭ ވަރަށް ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް އައްޑޫސިޓީ މޭޔަރ އަބްދުﷲ ޞޯދިޤް ވަނީ ވިދާޅުވެފައެވެ.