އަތޮޅުތައް

ދަރަވަންދޫ ބަނދަރު ސަރަހައްދުގައި ފިއުލް ޝެޑެއް ހުޅުވައިފި


މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ބަނދަރު ސަރަހައްދުގައި ފިއުލް ޝެޑެއް
ހުޅުވައިފިއެވެ.ފުރަތަމަ ފަހަރަށް ބ. އަތޮޅުގައި ހުޅުވުނު މިޝެޑް ހުޅުވައިދެއްވީ އިއްޔެ
ހަވީރު ދަރަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި ބ. އަތޮޅު ކައުންސިލްގެ ރައީސް
މުހައްމަދު އާދިލް އާއި ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓްގެ ޖެނެރަލް މެނޭޖަރ
ޔޮއާހިމްއެވެ. ދަރަވަންދޫ ފިއުލް ސާވިސްގެ ނަމުގައި ހުޅުވުނު މިޝެޑުން މުޅި
އެރީޖަންގައި ހިމެނޭ ރަށްރަށާ، ރިސޯޓްތަކަށް ބޭނުންވާ ޑީސަލާ ޕެޓްރޯލް ލުއި
ފަސޭހަކަމާއެކު ހެޔޮއަގެއްގައި ފޯރުކޮށްދެވޭނެކަމަށް ދަރަވަންދޫ ފިއުލް ސާވިސް
އިން ބުނެއެވެ.ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ދަރަވަންދޫ ފިއުލް ސާވިސްގެ އެއްހިއްސާދާރުކަމަށްވާ
ހަސަން ޝާކިރު ވިދާޅުވީ މިޚިދްމަތް ދަރަވަންދޫގައި ފަށަންޖެހުނީ އެއާފޯޓެއް
އޮތުމާގުޅިގެން ދަރަވަންދޫއަކީ ރީޖަންގެ ގިނަ ރިސޯޓްތަކުގެ ދަތުރުތަކާ، ވިޔަފާރީގެ
ގިނަ މުއާމަލާތްތަކެއް ހިނގާ ރަށަކަށްވުމުގެ ސަބަބުންކަމަށެވެ.އޭނާ ވިދާޅުވީ ތެޔޮ ވިއްކުމުގެ ޚިދްމަތް މިވަގުތު ފެށި ނަމަވެސް ކުރިޔަށް
އޮތް މަދުދުވަސްކޮޅެއްގެ ތެރޭގައި އައުޓް ބޯޑް އިންޖީނުގެ ސާވިސް ސެންޓަރަކާއި،
ސްޕެއަރ ޕާޓްސްވެސް ވަރަށް އަވަހަށް ފިއުލް ޝެޑުގެ ޚިދްމަތަށް އިތުރު ކުރެވޭނެކަމަށެވެ.
އަދި ފިއުލް ސާވިސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ދަރަވަންދޫގައި ގިނަ
މަސައްކަތްތަކެއްވެސް ކުރެވިގެންދާނޭކަމަށް ޝާކިރު ވިދާޅުވިއެވެ.