ޚަބަރު

އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އއ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށްޓަވައިދެއްވައިފިއެވެ.

މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު މިހާރު އަރިއަތޮޅު އުތުުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދޫއަށް ވަޑައިގެންނެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ޤާޢިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ގެ ޚިދުމަތްފެށުމަކީ، ރަސްދޫއާއި ރައްޔިތުންނަށާއި، އއ.އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭނެކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.