ގދ. ތިނަދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ އައުޓްޑޯ ޖިމް ހެދުމަށްޓަކައި ބޭނުންވާ ބިން އެރަށު ކައުންސިލުން ދޫކޮށްފިއެވެ.
ތިނަދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އައުޓްޑޯ ޖިމް ހެދުމަކީ، ޚާއްސަކޮށް އެރަށުގެ ޒުވާނުންނަށް ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވަނީ އެރަށު ބަރާސިލު އަވަށުގެ ޕާކު ކަމަށްވާތީ އެތަނުން ހަތަރު ހާސް ހަ ސަތޭކަ ސައުވީސް އަކަފޫޓުގެ ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ޔޫތް މިނިސްޓްރީން ހިންގަވާ މި މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި 1.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މި މަޝްރޫއުގެ އިތުރުން މިއަހަރުގެ ބަޖެޓުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތް މިނިސްޓްރީން ތިނަދޫގައި ހިންގުމަށްޓަކައި ހަތަރު މަޝްރޫއެއް ވަނީ ހިމަނުއްވާފައެވެ. އެ މަޝްރޫއުތަކަކީ:
އައުޓް ޑޯ ޖިމާއެކު މި ފަސް މަޝްރޫޢަށް ޖުމްލަ 9.2 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.