ގދ. ތިނަދޫ ކައުންސިލުން ދެމުން އަންނަ އައިޑީ ކާޑު ހެދުމުގެ ޚިދުމަތް މިހާރަށްވުރެ އަވަސްކޮށް، ހަރުދަނާކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން އެކައުންސިލުގެ މުވައްޒަފުން ތަމްރީންކޮށްފިއެވެ.
ތިނަދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މުވައްޒަފުން ތަމްރީން ކުރުމުގެ އިތުރުން އެ ޚިދުމަތަށް ބޭނުންވާ އައިސީޓީ އިކުއިޕްމަންޓްތައް އަޕްގްރޭޑު ކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. މިހާރު އެ ކައުންސިލުގައި ބޭނުން ކުރަނީ ދުވަސްވީ އިކުއިޕްމަންޓްތަކެކެވެ.
ގދ. އަތޮޅުގެ އެކި ރަށްތަކުން އައިޑީ ކާޑު ހެއްދުމަށް ތިނަދޫއަށް އަންނަ ޖެހޭ އިރު، އެކި ސަބަބުތަކާހުރެ ހައްދާ ކާޑުތައް ލިބުމުގައި ދަތިތަކެއް ހުރެއެވެ. އެގޮތުން ކާޑުތައް ލިބުން ލަސްވުމާއި ކާޑުގައި ޖަހާ ފޮޓޯ ރަނގަޅަށް ނުނެގިއްޖެ ނަމަ އަލުން ނަގަން ދާން ޖެހުން ފަދަ ކަންކަން ހިމެނެއެވެ.