ޚަބަރު

އަންނަ ހޮނިހިރު ދުވަހު އައްޑޫގެ ގުޅިފައިވާ ރައްތަކުން 7 ގަޑިއިރަށް ކަރަންޓު ކަނޑަނީ


އައްޑޫސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން 7 ގަޑިއިރަށް ކަރަންޓު ކަނޑަން ނިންމައފި.
ފެނަކަ ކޯޕަރޭޝަނުން މިކަން މިގޮތަށް ނިންމާފައިވާ ކަން ދުރާލާ މިއެންގީ އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިކަމަށް ސަމާލު ކުރުމުގެ ގޮތުން ަކަމުގައެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށެވެ. މިކަމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަން އައްޑޫ ބްރާންޗުން ބުނިީ ، ކަރަންޓު ކެނޑުމުގެ ކުރީން ރައްޔިތުންނަށް ދޭން ޖެހޭ ނޯޓިސްތަށް ފޮނުވަމުން ދާކަމަށެވެ. އަދި އެދުވަހު 7 ގަޑިއިރަށް ކަރަންޓު ކެނޑިގެން ދާއިރު ގަމުން ފެށިގެން ހިތަދޫ އާއި ހަމައަށް ހުރިހާ އަވަށަކުން ވެސް ކަރަންޓު ކެނޑޭނެތީ ދުރާލާ މިކަމަށް ތައްޔާރު ވެގެން ތިބުމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުުނީ މިކަމުގައި ހޮނިހިރު ދުވަސް ޚިޔާރު ކުރީ ސްކޫލްތަކާއި އޮފީސްތަށް ބަންދު ދުވަހަކަށް ވާތީ ރައްޔިތުންނަށް މިކަމުުން ދިމާވެދާނެ ދަތިތަށް ކުޑަ ކުރުމަށް ކަމުގައެވެ. އަދި މިކަމާއި ގުޅޭ ގޮތުން ހޮސްޕޓަލާއި އެއާރޕޯޓް ފަދަ ޚިދުމަތް ދެމުންދާ ތަންތަނާއި މަޝްވަރާ ކުރެވި ކަރަންޓު ކެނޑޭ ވަގުތު އޮޕަރޭޝަނަށް ބުރޫނާރެނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިފައި ކަމަށެވެ. މިދުވަސް ކޮޅު އައްޑޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދެ ޖެނެރޭޓަރ ވަނީ ވަގުތީގޮތުން ގެންގޮސްފައެވެ.

އެފާރާތުން ވިދާޅުވީ، މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ގޮތަށް ދާނަމަ 7 ގަޑިއިރަށް ވުރެ ކުރީން ކަރަންޓް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކަރަންޓަށް ދިމާވެފައިވާ މިމައްސަލަ ހައްލުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮއްދިނުމަށް އެކޯޕަރޭޝަނުގެ ދެ އިންޖިނިއަރުން އައްޑޫގައި ގެންދަނީ ޙަރަކާތްތެރި ވަމުންނެވެ،

މިކަމާއި ގުޅިގެން އައްޑޫގެ ވަރަށް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރީ އައްޑޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާއިރު، މިހާރުވެސް މިކަމަށް ވަގުތީހައްލެއް ހޯދުމަށް މަސައްކަތް ކުރާތީއެވެ. އަދި ކޮންމެ ފަހަރަކުވެސް ދައިމީ ޙައްލަކަށް ނުދެވި ބޮޑެތި ގެއްލުން ވަމުންދާކަން ރައްޔިތުން ފާހަގަކުރެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން ދަނީ ސަރަޙައްދީ އިންޖީނުގެއަކުންނެވެ. އަދި މިތަނަށް ދިމާވާ މައްސަލައެއްގައި ގަމުން ހިތަދޫ އާއި ހަމައަށް ކަރަންޓް ކެނދެމުންދެއެވެ. ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭތީ އައްޑޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.