ޚަބަރު

ހއ. އަތޮޅު ކައުންސިލުން ފަނަރަހާސް ހިއްސާ ގަނެފި


މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 15،000 ހިއްސާ ހއ. އަތޮޅު ކައުންސިލުން ގަނެފިއެވެ. ހއ. އަތޮޅު ކައުންސިލުން ގަނެފައިވާ ފަނަރަ ހާސް ޙިއްޞާގެ މޫނުމަތީ އަގަކީ ފަސްލައްކަ ފަންސަވީސް ހާސް ރުފިޔާއެވެ.

ހއ އަތޮޅު ކައުންސިލުން ޙިއްސާ ގަތުމަށްޓަކާ މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ ޝަފީގެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަޙްމަދެވެ.

ޙިއްޞާ ގަތުމަށްފަހު ހއ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު މުޙައްމަދު ނަޞީރު ވިދާޅުވީ އެމްއައިބީގެ ޙިއްޞާގަތީ އެ ބޭންކުން ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފައި ކަމަށާއި މިކަމުގެ ސަބަބުން ދާއިމީގޮތެއްގައި އަތޮޅު ކައުންސިލަށް މަންފާކުރާނެކަމަށް އުންމީދުކުރާކަމަށް .

ބުރާންޗު މެނޭޖަރު އާދަމް އަޙްމަދު ވިދާޅުވީ ޙިއްޞާގަތުމަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަޜޫހީޞޭއް ލިބެމުންދާ ކަމަށާއި މިއީ ބޭންކުގެ ޙިއްޞާ ދާރަކަށްވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އިސްލާމިކް ބޭންކުން ޢާންމުންނަށް ޙިއްސާ ވިއްކަން ފެށުމާގުޅިގެން އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން ދާ ކަމަށް އެމްއައިބީން ވަނީ މަޢުލޫމާތުދީފަ އެވެ. އެގޮތުން ގިނަ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ދަނީ ޙިއްސާ ގަންނަމުންނެވެ.