އައްޑޫސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރެވި ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދޫކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އީއްޔެ ހަވީރުއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ދިޔައީ ކެނޑެމުންނެވެ. އެގޮތުން އިރުކޮޅަކަށް ކަރަންޓު ދިޔުމުގެ މައްސަލަ ތަކެއް ކުރިމަތިވިއެވެ. މިމައްސަލަ އާއި ގުޅިގެން ފެނަކަކޯޕަރޭޝަަަނުން، ބުނީ ކަރަންޓަށް ދިމާވެގެން އުޅެނީ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މައްސަލައެއް ކަމަށެެވެ. މިމައްސަލަ ހައްލު ކުރެވިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފެނަކައިން ބުނީ މިމައްސަލަ ޙައްލުކުރުމަށް ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުމަށް އައްޑުއަށް އިންޛިނިއަރުންގެ 2 މީހުން ފޮނުވާފައިވާކަމަށެވެ.
މިމައްސަލަ އަދި މުޅިން ޙައްލު ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދޫކޮށަފައި ކަމަށް ފެނަކަ ކޯޕަރޭޝަުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ މުޅިން ޙައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މއުލޫމާތު ދެއެވެ.
އައްޑޫސިޓީ މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ފެނަކައަށް މިހާތަނަށް ނުގެނެވި، ކަރަންޓް މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމުގައެވެ. އަދި ކަރަންޓަށް ދިމާވި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް . މޭޔަރ ވަނީ ސަރުކާރުން މިކަމަށް ދާއިމީ ހައްލެއް ގެނެސް ދެއްވުމަށް އެދި ވަޑައިގެންފައެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކަށް ކަރަންޓު ދެމުން އަންނަނީ ސަރަހައްދީ އިންޖީނުގެއަކުންނެވެ. މިތަނުގެ އިންޖީނަށް ނުވަތަ އެހެން އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވި ނަމަވެސް ގަމުން ފެށިގެން ހިތަދޫ އާއި ހަމައަށް ކަރަންޓު ކެނޑުމުގެ ފުރުޞަތު އޮވެއެވެ. އައްޑޫގެ ގިނަ ރައްޔިތުން ދަނީ ކަރަންޓަށް ދިމާވާ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބޭތީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކަށް ކަރަންޓު ދެމުން ދަނީ ސަރަޙައްދީ އިންޖީނުގެއަކުންނެވެ. އަދި މިތަނަށް ދިމާވާ މައްސަލައެއްގައި ގަމުން ހިތަދޫ އާއި ހަމައަށް ކަރަންޓު ކެނޑިގެންދެއެވެ. ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭތީ އައްޑޫގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.