ޚަބަރު

ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް އަލީ އަމްޖަދު ހޮވިވަޑައިގެންފި


ގދ. ތިނަދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމު ހުސްވެފައިވަނިކޮށް، އެކައުންސިލުގެ ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް ކަމަށް އަލީ އަމްޖަދު ހޮވިވަޑައިގެންފިއެވެ.

އަމްޖަދު އެ މަގާމަށް ހޮވިވަޑައިގެންނެވީ އެކައުންސިލުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އޭނާ އަމަގާމަށް ހޮވިވަޑައިގަތުމާއެކު، ކުރިން އެމަގާމުގައި ހުންނެވި، އިބްރާހިމް އަސްއަދު މިހާރު ވަނީ ކައުންސިލުގެ ރައީސް ކަމުން މެމްބަރެއްގެ މަގާމަށް ބަދަލުކުރެވިފައެވެ.

އަސްއަދު މަގާމުން ދުރުކޮށްފައިވަނީ ކަންކަން ރަނގަޅު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކައުންސިލުގެ މެމްބަރުންގެ މެދުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ނެގި ވޯޓަކުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިކުގެ ހުރިހާ މެމްބަރުން ނިންމުމާ ގުޅިގެންނެވެ.

ތިނަދޫ ކައުންސިލުގައި 5 މެމްބަރުން ހިމެނޭ އިރު ހުރިހާ މެމްބަރުންވެސް ނިސްބަތްވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށެވެ.