މައިނާ ފައުންޑޭޝަން ދުވަހާއި ދުނިޔޭގެ ތިމާވެށިގެ ދުވަހާ ގުޅުވައިގެން އަނަންތަރާ ކިހަވަށް ވިލާސްގެ ފަޅުތެރެ ސާފުކޮށްފިއެވެ.އިއްޔެ މެންދުރުފަހު އަނަންތަރާ ރިސޯޓްގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި އަނަންތަރާ މުވައްޒަފުންގެ އިތުރުން ބ. އަތޮޅު ކުޑަރިކިލުގެ ޒުވާނުންވެސް ބައިވެރިވިކަމަށް އަނަންތަރާއިން ބުނެއެވެ.އެރިސޯޓުން ބުނީ ސާޅީހަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިޔަށްގެންދިޔަ މިހަރަކާތުގެ ދަށުން ރިސޯޓްގެ ފަޅުއެކީ ސާފުކޮށްފައިވާ ކަމަށާއި ސާފުކުރުމުގެ މިހަރަކާތުން ހަތަރު ޕިކަޕްގެ ކުނިނަގާފައިވާ ކަމަށެވެ.މައިނާ ފައުންޑޭޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަނަންތަރާ ކިހަވަށް ވިލާގައި ބްލަޑް ޑޮނޭޝަން ކޭންޕެއްވެސްވަނީ ހިންގާފައެވެ. އަދި ހޯމަދުވަހު ބ. ކުޑަރިކިލު ހުކުރު މިސްކިތް ފޮޅާ ފާރުތަކުގައި ކުލަލުމަށްވެސްވަނީ ހަމަޖެހިފައެވެ.