ތިމާވެށި

ރައީސް ޔާމީނުގެ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެ


ރާއްޖޭގެ ތިމާވެށި
ހަލާކުވަމުންދާ މައިގަނޑު ސަބަބަކީ ކުނި މެނޭޖްކުރުމުގެ އުސޫލުތައް ދޯދިޔާވުން
ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކޮށް،
ތިމާވެށި ހިމާޔަތްކުރައްވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް
ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން
ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެންވަޔަރމަންޓް
މިނިސްޓްރީން  ބޭއްވި ފޮޓޯ ނެގުމުގެ
މުބާރާތުގެ ފޮޓޯތައް ހިމަނައިގެން ހުޅުވި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމުގެ
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ނޭޝަނަލް އާޓް ގެލަރީގައި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން ވާހާކަފުޅު
ދައްކަވަމުން މިނިސްޓަރ ތާރިގް ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖޭގެ
ތިމާވެއްޓަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަކަމަށާއި، ކުނީގެ މައްސަލަ
ހައްލުކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.
ރާއްޖޭގެ އާބާދީ އިތުރުވެ، ތަރައްގީ އާއި، ފަތުރުވެރިކަން އެއްދުވަހުން އަނެއް
ދުވަހަށް ކުރިއަރަމުންދާއިރު، ލިބެންހުރި ގުދުރަތީ ވަސީލާތްތައް ބޭނުން ކުރުމުގައި
ސަމާލުވުމަށާއި، ވަސީލާތްތައް ބޭނުން ކުރުމުގައި އިސްރާފް ނުކުރެއްވުމަށް
އެމަނިކުފާނު ގޮވާލެއްވިއެވެ.ރާއްޖޭގެ ތިމާވެއްޓަކީ
އެތައްގޮތަކުން ހާއްސަ، ދުނިޔޭގައި ފާހަގަކޮށްލެވޭ މާހައުލަކަށް ވުމާއެކު،
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރުކުރަން
ޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މައުރަޒާއި ގުޅޭގޮތުން
ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު
ޒާހިރު ވިދާޅުވީ، މިއީ ތިމާވެއްޓާއި މެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް
ހުޅުވުނު މައުރަޒެއް ކަމަށާއި، ނަމަވެސް އެއަށްވުރެ ބޮޑަށް ފޮޓޯ ނެގުމުގެ ފަންނުގެ
ފައިދާ މި މައުރަޒުން ފެނިގެންދާކަމަށެވެ.
މައުރަޒުން ފެނިގެންދާ ފޮޓޯތަކުގެ ތެރެއިން ޖުމްލަ ހަތަރު ކެޓަގަރީއަކުން ވަނަ
ވަނަ އަށް ހޮވުނު ފަރާތްތައް ރޭގެ ރަސްމިއްޔާތުގައި އިނާމާއި، ހަނދާނީ ލިޔުން
ދީފައިވެއެވެ. ކެޓަގަރީ އެކަކުން އެއްވަނަ ލިބުނީ ސަރާ މުހައްމަދަށެވެ. ދެވަނަ
ކެޓަގަރީން އެއްވަނަ ލިބުނީ އިބްރާހިމް ފާއިޒްއަށެވެ. ތިންވަނަ ކެޓަގަރީން
އެއްވަނަ ލިބުނީ ހުސައިން ނިޔާޒްއަށް. އަދި ހަތަރުވަނަ ކެޓަގަރީން އެއްވަނަ ލިބުނީ
މުހައްމަދު ޔާސިފްއަށެވެ. މި މައުރަޒު މިއަދުވެސް ހެނދުނު ނުވަޔަކުން ރޭ ގަނޑު
އެގާރައަށް ކުރިއަށްދާނެއެވެ.