ޚަބަރު

ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި


މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ހއ ދިއްދޫގައި ބޭއްވި ފަތަންދަސްކޮށްދޭ ކޯޗުން ތަމްރީނުކުރުމުގެ ކޯސްނިއްމާލާފި.

މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 30 ވީ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި އިރުޝާދު ދެއްވާފައިވަނީ ސްވިމިން އެސޯސިއޭޝަން ކޯޗު އާދަމް މުހައްމަދުއެވެ.

މިކޯހުގައި ބައިވެރިވި 30 ބައިވެރިންގެ ތެރެއިން 25 ބައިވެރިން ވަނީ ކޯހުން ފާސްވެ ސެޓްފިކެޓް ޙާޞިލް ކޮށްފައެވެ. ޢަދި ކޯހުން ފާސްވި ފަރާތްތަކަށްވަނީ ކޯސްނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ފާސްވި ކަމުގެ ސަޓިފިކެޓް ޙަވާލު ކޮށްފައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރ މަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯސްތައް ހިންގަމުންނެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.