ތިމާވެށި

ތިމާވެށީގެ ދުވަސް ޕީއެސްއެމުން ކުލަ ގަދަކޮށް ފާހަގަކުރަނީ


މިހާތަނަށް ދިވެހިރާއްޖޭގެ މީޑިއާތަކުން ފާހަގަކޮށްފައިނުވާހާ ކުލަ ގަދަކޮށް މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް މާދަމާ ޕަބްލިކް ސާރވިސް މީޑިޔާގެ ޗެނަލްތަކުން ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ.ޓީވީ މޯލްޑިވްސް، ދިވެހިރާއްޖޭގެ އަޑު އަދި ދިވެހި އެފް އެމްގެ މާދަމާގެ ހުރިހާ ޕްރްގްރާމްތައް  ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ފެހި ދުވަސް" މި ނަމުގައެވެ.ޓީވީ އެމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި ބެލުންތެރިން ޝައުގުވެރިވާނޭ ފަދަ ގިނަ ޕްރޮގްރާމްތަކެއް ހިމެނޭނެއެވެ. މީގެ ތެރޭގައި ކުރު ޑޮކްމިއުޓަންރީތަކާއި، ތަފާތު މައުލޫމާތު ލިބިދެވޭ އިންޓަވިއުތައް ގެނެސްދެވޭނެއެވެ.ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމުންވެސް، ތިމާވެއްޓާއި ގުޅޭ މުހިންމު މަސައްކަތްތަކާއި، މި ދާއިރާގެ މަޝްރޫއުތަކުގެ ތަފްސީލް، އަދި މައުލޫމާތު މުއްސަނދިވާނޭ، ޝައުގުވެރި ޕްރޮގްރާމްތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.ތިމާވެށީގެ ދުވަހާއި ގުޅިގެން އެކި ފަރާތްތަކުން އިންތިޒާމްކުރާ އިވެންޓްތައްވެސް ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ ޓީ ވީ އެމާއި، ދިވެހިރާއްޖޭގެ އަޑު އަދި ދިވެހި އެފްއެމުގެ ތާރީޚްގައި ތިމާވެށީގެ ދުވަސް އެންމެ ކުލަފަދަކޮށް ފާހަގަކުރެވޭ އަހަރެވެ.ތިމާވެށީގެ ދުވަސް މިފަދަ ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށ ޕީ އެސް އެމުން  ނިންމީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިިބިފައިވާ ގައުމަކަށްވުމާއެކު، ގައުމުގެ ދެމި އޮތުމާއި، ގައުމުގެ އިގްތިސާދުގެ ދިރުން ބިނާވާ ދާއިރާއަކީ ތިމާވެށިކަމަށް ހިމެނޭތީއެވެ. މިފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޕީ އެސް އެމްގެ ގާނޫނުންވެސް ލާޒިމްކުރާ ކަމެކެވެ.