ވިޔަފާރި

ގއ. ވިލިނގިލީގައި ޝީޝާގެ ޝޯވރޫމެއް ހުޅުވަނީ


ހޮންޑާގެ ހަމައެކަނި ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ، ޝީޝާއިން ގއ. ވިލިނގިލީގައި ޝޯރޫމެއް ހުޅުވަން ނިންމައިފިއެވެ.

ޝީޝާއަކީ ސައިކަލު ވިއްކުމާއި ސަރވިސް ކުރުމުގައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެކުންފުނީގެ ޝޯރޫމް މާލެ ފިޔަވައި، އައްޑުއާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާއިރު ގއ. ވިލިނގިލީގައި ވެސް ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކުންފުނިންވަނީ ގއ. ވިލިނގިލީ ބްރާންޗަށް މުވައްޒަފުން ހޯދަން އިއުލާންވެސް ކޮށްފައެވެ.

ޝީޝާއިން އަންނަނީ އެކުންފުނީގެ ވިޔަފާރި ފުޅާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޝޯރޫމްތައް ހުޅުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެކުންފުނީގެ ޝޯވރޫމެއް ފުވައްމުލަކު ސިޓީގައި ހުޅުވާފައިވާއިރު، ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫގައިވެސް ޝޯވރޫމެއް ހުޅުވުމަށްޓަކައި އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.