ރިޕޯޓް

އަމީނީ މަގުގައި ފެން ބޮޑުވާ މައްސަލަ ޖުލައި 26ހަށް ޙައްލުކުރަނީ


ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ މިހާރު ވަރަށް ބޮޑަށް ޙައްލުވެފައިވާ ކަމަށާއި ، އަމީނީ މަގުގައި މިހާރު ފެން ބޮޑުވާ މައްސަލަ ޖުލައި ސައްބީހަށް ޙައްލުކުރައްވާނެކަމަށް ހައުސިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޑޮކްޓަރ މުއިއްޒު ވިދާޅުވީ ، މިހާރު އަމީނީ މަގުގައި ފެން ހެދެނީ މަގުގެ ގާތަށް ހަލާކުވެ އަޑިގުޑަންތަކާއި ވަޅުގަނޑުތައް ގިނަވެގެން ކަމަށްވާތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓޭޑިއަމް ސަރައްޙައްދުން ފަށައިގެން ހައުސިންގ މިނިސްޓްރީ އާއި ދެމެދުގައިވާ ހިސާބުގެ ގާތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.މިނިސްޓްރީން ދިރާސާތަކެއް ހެދުމަށްފަހު އެ ސަރަޙައްދުގެ ފެން ހިންދުމަށް މިހާރުވެސް ހޮޅިތައް އަޅާ ފެން ހިންދަން ވަޅުގަނޑު ހަދާ އެހެން ސަރަހައްދުތަކަށް ފެން ދައުރުކުރެވޭގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެމްޑަބްލިޔު އެސްސީ އާއި ޙަވާލުކޮށްފައިވާ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދެވަނަ ފިޔަވަހީގެ ދަށުން ފަސް ސަރަހައްދެއްގައި ޕަމްޕް ބަހައްޓައި މޫދާ ގުޅާލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަން ޖެހެއެވެ. އެ ސަރަހައްދުތަކަކީ ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލް ސަރަހައްދާއި ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ސަރަހައްދުގެ އިތުރުން ހައުސިން މިނިސްޓްރީ ހުންނަ ސަރަހައްދެވެ.މީގެ އިތުރުން ކުރިން ޕަމްޕްތައް ބެހެއްޓި ސަރަހައްދުތަކުގައި ޕަންޕް ކުރެވޭ ފެން ނެގުމަށް އިތުރު 8 ވަޅު ބެހެއްޓުމަކީވެސް އެއްބަސްވުމުގެ ދަށުން ފެން ކުންފުނިން ކުރަން ޖެހޭ މަސައްކަތެކެވެ.