ތިމާވެށި

ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ ކާރިސާތަކަށް ސަމާލުވާން ޖެހޭ

ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ އެކިއެކި ކާރިސާތަކުގައި ގިނައަދަދެއްގެ ބަޔަކު މިއަހަރު ތެރޭގައި މަރުވެފައިވާކަމަށާއި، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަށް ނާޅައިފިނަމަ މިއަށްވުރެ ބޮޑެތި ގެއްލުންތަށްވެ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހިދާނެކަމަށް އެއޯސިސްގެ ޗެއަރ އަދި ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް ސްޓޭޓްސް، އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން މިނިސްޓަރ ތޯރިޤް ނެރުވި ބަޔާނުގައި ދުނިޔެ ހޫނުވުން ހުއްޓުވުމަށްޓަކައި ޖައްވައް ވިހަ ގޭސްތަށް ދޫކުރުން މަދުކުރުމަށް ދުނިޔޭގޭ ޤައުމުތަކަށް އިލްތިމާސްކުރައްވާފައިވެއެވެ.ދުނިޔެ ހޫނުވުމުގެ ސަބަބުން ނުރައްކާތެރި އެތަށް ހާދިސާތަކެއް މިއަހަރު ތެރޭގައިވެސް ހިންގާފައިވާކަމަށާއި، އެހެންކަމުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަށް މަދުކުރުމަށް ބާރުއަޅަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މިކަމަށްޓަކައި ދުނިޔޭގޭ ޤައުމުތަކުގެ މެދުގައި ވުމަށް ހަމަޖެހިފައިވާ ޕެރިހުގެ އެއްބަސްވުމަކީ ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.އެއޯސިސްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ނޭދެވޭ އަސަރުތަށް އެންމެ ބޮޑަށް ފޯރާނޭ ކުދި ޖަޒީރާ ޤައުމުތަކުގެ 44 މެންބަރުން ހިމެނޭ އިއްތިހާދެކެވެ.