ވިޔަފާރި

މިނީސޯގެ ފިހާރައެއް ރާއްޖޭގައި ހުޅުވަނީ


ހެޔޮ އަގެއްގައި ތަފާތު އެކި ކަހަލަ ސާމާނު ވިއްކާ 'މިނީސޯ' ގެ ފިހާރެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް މިނީސޯއިން ހާމަކޮށްފިއެވެ.

ވިޔަފާރި ޙަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ރީޓެއިލް އެންޑް ލެޝަރ އިންޓަރނޭޝަނަލްގައި ވާގޮތުން މިނީސޯއިން ދާދިފަހުންވަނީ ހަ ޤައުމެއްގައި މިނީސޯގެ ފިހާރަތައް ހުޅުވުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ދިވެހިރާއްޖެ، ރުޔޫނިއަން އައިލެންޑްސް، އަރުބާ، އަދި ކުރަކާއޯގެ މިނޯސޯގެ ފިހާރަތަށް ހުޅުވުމަށެވެ.

މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90އަށް ވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ. އަދި އެކުންފުނީގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަން ވާއިރަށް، 100 އަށްވުރެ ގިނަ ޤައުމެއްގައި 10،000 އަށްވުރެ ގިނަ މިނޯސޯގެ ފިހާރަތައް ހިންގުމެވެ. އަދި މި އަމާޒު ހާސިލްވުމުން އެކުންފުނީގެ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ މިނީސޯއިން ދަނީ އެ އެކުންފުނީގެ ވިޔަފާރި ޔޫރަޕްގެ ޤައުމުތަކަށް ފުޅާކުރުމަށްވެސް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުސްވި އަހަރުތެރޭ ސްޕެއިން، ޖަރުމަނީ އަދި އަޔަރލޭންޑުގައި ވަނީ މިނީސޯގެ ފިހާރަތައް ހުޅުވާފައެވެ.

2011 ވަނަ އަހަރު ހުޅުވި ފުރަތަމަ މިނީސޯގެ ފިހާރައާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ މެދުގައި ބޮޑޫ މަޤްބޫލްކަމެއް ހޯދާފައެވެ. ގޭތެރޭ ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު މިނީސޯގެ ފިހާރަތަކުގެ ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.

2016 ވަނަ އަހަރު ނިމުނު އިރު، މިނީސޯގެ އާމްދަނީ ވަނީ 1.5 ބިލިއަން ޑޮލަރަށް އަރައެވެ. 2015 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 769.9 މިލިއަން ޑޮަލަރެވެ