ޚަބަރު

ކެލާގަ ފެތުރެމުން ދިޔަހުން ވަނީ ކޮންޓްރޯލް ކުރެވިފައި: ކެލާ ސިއްޙީމަރްކަޒް


މިދިޔަ ހަފްތާ ކެލާގަ ފެތުރެމުންދިޔަ ހުން ކޮންޓްރޯލް ކުރެވިފަ ކަމަށް ކެލާ ސިއްޙީ މަރުކަޒުން ބުނެފިއެވެ.

ކެލާ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އިބްރާހިމް ރުޝްދީ ވިދާޅުވީ، ގަދަޔަށް ހުން އައުމާއި، ހޮނޑުލުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މިދިޔަ ހަފްތާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހުން ކޮޓްރޯލް ކުރެވިފައިވާކަމަށް ރުޝްދީ ވަނީ ވިދާޅުވެފައެވެ.

ކެލާ ސިއްޙީމަރްކަޒްގައި އެންމެ ޑޮކްޓަރެއް ހުންނައިރު ހުންއައިސްގެން އޭނާ އެޑްމިޓްކުރުމަށް ފަހު މިހާރު ވަނި ޚިދުމަތަށް މި ޑޮކްޓަރު އެޑްމިޓް ކުރުމުން ، އެއަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ހުންނެވި ޑޮކްޓަރަކު ކެލާއަށް ގެންނަން ޖެހުނެވެ. ނަމަވެސް މިޑޮކްޓަރު މިހާރުވަނި އެނބުރި އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތަށް ނިކުންނަވާފައެވެ.

ކެލާ ސިއްޙީ މަރުކަޒުން އިބްރާހިމް ރުޝްދީ ވިދާޅުވީ، މިދިޔަ ހަފްތާގައި ހުން އައިސްގެން 10 އަހަރުން ދަށުގެ ދިހަ ވަރަކަށް ކުދިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. މީގެތެރެއިން ދެ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ތިބި ކުދިން އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ބޮޑެތި މީހުންވެސް ޑޮކްޓަރަށް ދައްކާފައިވާކަމަށާ އެހެންނަމަވެސް އެޑްމިޓް ނުކާރަކަމަށް އޭނާ ވިދާޅުވިއެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާ ދުވަސްވަރެއް ކަމުން މިކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްކޮޅު ފެތުރެމުން އަންނަނީ އިންފްލޫއެންޒާ ބީ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ބަލިން ރައްކާތެރިވެ ތިބުމަށް ސާފުތާހިރުކކަމަށް ސަމާލުކަން ދިނުމަށާއި ރޯގާޖެހި ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރަށް ދައްކަން އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.