އަތޮޅުތައް

ސިފައިންގެ ފޮޓޯ މައުރަޒް ށ. ކޮމަންޑޫގައި ފަށައިފި


ސިފައިންގެ
އަހަރީދުވަސް ފާހަގަކުރުމަށް މިއަހަރު ބާއްވާ ފޮޓޯމައުޒަރު ށ.ކޮމަންޑޫގައި
ފަށައިފިއެވެ.



ސިފައިންގެ 123 ވަނަ
އަހަރީދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ނޯތު
ޑިވިޝަނުން އިންތިޒާމުކޮށް ހިންގާ ހަރަކާތްތަކުން އިއްޔެ ހަވީރު ށ.އަތޮޅު ތައުލީމީ
މަރުކަޒުގައި ފޮޓޯމައުރަޒު ފަށާފައިވާއިރު، ރޭ މި މައުރަޒު ވަނީ ޢާއްމުކޮށް
ހުޅުވާލާފައެވެ.



މިފަހަރުގެ
މައުޒަރުގައި ސިފައިންގެ އެކި ހަރަކާތްތަކުގެ ފޮޓޯއާއި ތިނެއް ނޮވެމްބަރ ގެ ފޮޓޯގެ
އިތުރުން ޤައުމަށްދިމާވި އުނދަގޫ ހާލަތްތަކުގައި ސިފައިން އަދާކޮށްފައިވާ ދައުރު
ފެންނާނެ ފޮޓޯތަކާ، ށ. ކޮމަންޑޫގެ ތާރީޚު ދައްކުވައިދޭ ފޮޓޯތަކެއްވެސް މި
މައުރަޒުގައި ހިމަނާފައިވެއެވެ. މި މައުރަޒުގެ އިތުރުން އާއިލީ ހަވީރަކާއި
ކުޑަކުދިންގެ ހަވީރެއް ކޮމަންޑޫގައި އޮންނާނެކަމަށް އެމް.އެން.ޑީ.އެފުން ހާމަކުރެއެވެ.




ރާއްޖޭގެ ޤައުމީ
ދިފާއިބާރު އުފެދިފައިވަނީ 1892 ވަނަ އަހަރުއެވެ. ސިފައިންގެ ހިދުމަތް ފެށުނު
ފަހުން އެކިފަހަރުމަތިން ރާއްޖެއަށް އުދުވާންތައް ކުރިމަތިވެފައިވާއިރު، ފަހުގެ ތާރީޚުގައި
އެންމެ ފާހަގަކުރެވޭ އެއް އުދުވާނީ ހަމަލާ އައިސްފައިވަނީ ތިނެއް ނޮވެމްބަރު ނަވާރަސަތޭކަ
އަށްޑިހަ އަށެއްގައެވެ. ރާއްޖޭގައި ސިފައިން އުފެދުނު ފަހުން ފުރަތަމަ އުދުވާނެއް
ކުރިމަތިވީ އިނގިރޭސިންގެ އަޅުވެތިކަމުގައި ދިވެހިން ވަނިކޮށް ނަވާރަސަތޭކަ
ނުވަވަނަ އަހަރު ދިވެހިންގެ ބަޔަކާއެކު ރާއްޖެއައި ޕިޗޯރީންގެ ފަރާތުންނެވެ.