ޚަބަރު

ދިއްފުށީ ފަރަށްއެރި ސަފާރީ ފުންކުރުމުގެ މަސައްކަތް ފަށައިފި


ޅ.ދިއްފުށީ ފަރަށް ސަފާރީއެއް އަރައިފިއެވެ.

ފަރަށްއަރާފައިވަނީ "މުނާ ޔޮޓް" ނަމަކަށް ކިޔާ ސަފާރީއެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ސަފާރީ ފަރަށް އެރިއިރު 4 ދިވެހިންނާއި ބިދޭސީއަކު ސަފާރީގައި ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މިއިން އެވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ސަފާރީ ފަރަށްއެރިކަމުގެ މަޢުލޫމާތު ލިބުނީ ފަތިހު 5:30ހާއިރު ކަމަށާ، ސަފާރީ ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނަދަން އޭރިއާ ކޯސްޓް ގާޑުގެ ސިފައިން ގުޅިގެން މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއާއި އެމްއެންޑީއެފާއި ފުލުހުންވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.