ޚަބަރު

ޤައުމަށް ހެޔޮބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ފެނިގެންދާކަމީ އުފާކުރައްވާކަމެއް - ނާއިބް ރައީސް


ޤައުމަށް ހެޔޮބަދަލު ގެނައުމުގައި ޒުވާނުންގެ ބައިވެރިވުން ފެނިގެންދާކަމީ އުފާކުރައްވާކަމެއްކަމުގައި ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ ފަންނު ވެރިކަމާއި ހުނަރުވެރިކަމަކީ މިދުވަހު ނުހަނު އުފަލާއިއެކު ފާހަނގަކޮށްލާ ކަމެއްކަމަށެވެ.

ޤައުމަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުމުގައި ޒުވާނުންގެ ދައުރު މިއަދު ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ލިބެމުންދާކަމީ އުފަލާއިއެކު ފާހަގަކުރާ ކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ

ނާއިބް ރައީސް ވަނީ މިއަދުގެ ތަހުނިޔާ ދިވެހި އެންމެހާ ޒުވާނުންނަށް ފޮނުވާފައެވެ.

ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަނގަ ކުރަމުންދާއިރު ރާއްޖޭގައިވެސް މިދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހެވެ.