ޚަބަރު

ޤައުމު ބިނާކުރުމުގެ ހުރިހާ ފަންތިއެއްގައި ޒުވާނުންގެ ދައުރު ބޮޑު - ރައީސް މައުމޫން


ޤައުމު ބިނާކުރުމުގެހުރިހާ ފަންތިއެއްގައި ޒުވާނުންގެ ދައުރު ފެންނަމުންދާކަމީ ނުހަނު އުފާފުޅުކުރައްވާ ކަމެއްކަމުގައި ކުރީގެ ރައީސް އަލްއުޘްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤަމުބިނާކުރެވޭނީ ޒުވާނުންގެ ހިއްވަރާއި އެކުގައިކަމަށެވެ. އަދި މިއަދު ޤައުމު އަރާސްތުކޮށް ކުރިއެރުމުގައި ޒުވާނުންގެ ދައުރު ކޮންމެ ދިމާލަކުންވެސް ފެންނަމުންދާކަމީ ނުހަނު އުފާކުރައްވާ ކަމެއްކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާ މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ފާހަގަކުރަމުންދާއިރު ރާއްޖޭގެ އިސްމަޤާމުތަކާއި، މުވައްސަސާތަކުގެ އެކި މަޤާމުތަކުގައި ޒުވާނުގެ ބައިވެރިވުން ބޮޑުކަން ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހާއި، ވަޒީރުންގެ މަޖިލީހާއި، ކުންފުނިތަކާއި، ބޯޑްތަކުގައިވެސް ގިނަ އަދަދަކަށް ޒުވާނުން ތިބިކަމީ ފާހަގަކޮށްލެވޭކަމެކެވެ. ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ.