ޚަބަރު

ހުޅުލެއަށް ކުރާ، ބަސްދަތުރުތައް އިތުރުކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ހުޅުލެއާއި މާލެއާ ދެމެދު ބާއްވާ ބަސް ދަތުރުތައް އިތުރުކޮށްފިއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މިހާރު ގެނައި ބަދަލާއެކު މާލެއާއި ހުޅުމާލެއާދެމެދު ދެން ބަސް ދަތުރުކުރާނީ ކޮންމެ 30 މިނެޓަކުން 30 މިޓެކުންނެވެ. އެމްޕީއެލްއިން މީގެކުރިން ބަސް ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ކޮންމެ 1 ގަޑިއިރަކުންނެވެ.

އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙުޖޫބު ޕީއެސްއެމްއާ ވާހަކަދައްކަވަމުން ވިދާޅުވީ މިގޮތަށް ބަދަލުގެނެސްފައިވަނީ، ޓެކްސީތަކުގެ އަގަށް ގެނައި ބަދަލާއިއެކު، ބައެއް ޓެކްސީތަކުން އެއަރޕޯޓަށް ދަތުރުކުރުމަށް ދެކޮޅު ހަދަމުން ދާތީ، ދަތުރުކުރުމުގައި އާއްމުނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށެވެ.

ކުރިން އޮތް ގޮތުންނަމަ ފަސެންޖަރުންގެ ލަގެޖު އެރުވުމާއި ބޭލުމުގެ ކަންކަން ކުރެވޭނީ ހަމައެކަނި މެއިން ބަސް ޓަރމިނަލުންނެވެ. ނަމަވެސް އަލަށް ގެނެސްފައިވާ ބަދަލާއިއެކު ވަށަމަގުގައި ހުރި ހުރިހާ ސްޓޮޕްތަކަށް ބަސް ހުއްޓައި، ބަހުން ލަގެޖު ބޭލުމުގެ ކަންކަންވެސް ކުރިއަށްގެންދެވޭނެއެވެ.

ހުޅުމާލެއާއި މާލެއާއި ދެމެދުދޭ އާންމު ބަސް ދަތުރުގެ ޚިދުމަތްދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިންނެވެ. ޑިމާންޑަށް ބަލައި އެމްޕީއެލްއިންވަނީ ހުޅުމާލެއަށް ބާއްވާ ބަސް ދަތުރުތައްވެސް އިތުރުކޮށްފައެވެ. އަދި އެމްޕީއެލްއިންދަނީ މާލޭގެ އިތުރު ރޫޓަކަށްވެސް ބަސް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ.