ތިމާވެށި

ކުނި ނައްތާލުމުގައި ފަރުދީ ޒިންމާ ނެގުން މުހިންމު- މިނިސްޓްރީ


އެންމެން އެކުވެގެން ސާފު ރާއްޖެ ކެމްޕެއިން ހާސިލްކުރުމަށް މަގުމައްޗަށް ކުނި އުކާލުން ހުއްޓާލާ ފަރުދީ ޒިންމާ އަދާކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން އެދިވަޑައިގެންފިއެވެ.ރާއްޖޭގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމާއި ، ފަނާވާ ކުނިން ގަސްކާނާ ތައްޔާރުކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ތޭރަ ރަށަކުން މީހުން ފުރުވާލުމަށް ފަހު އެކަމުގެ މައުލޫމާތު ދެއްވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ އާމިރު ވިދާޅުވީ ، ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ސާފު ދިވެހިރާއްޖެ ކެމްޕޭންް ކާމިޔާބުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން މި ކަމުގައި ފަރުދީ ޒިންމާ ނެގުމަށް އާމިރު އެދިވަޑައިގެންނެއެވެ.ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް މިހާތަނަށްވަނީ ފަސްދޮޅަހަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައެވެ.ސްރީލަންކާގައި ކުރިއަށް ދާ މި ޕްރޮގްރާމްގެ ދަށުން މި ފަހަރުގެ ތަމްރީންގައި ބައިވެރިވަނީ ނ ،ރ ، ބ ޅ އަތޮޅުގެ ތޭރަ ރަށަކުން ސޯޅަ މީހުން ބައިވެރިވެފައިވެއެވެ.