އަތޮޅުތައް

އުނގޫފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި


މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓެއް ޔޫ އެން ޑީ ޕީގެ އެހީއާއެކު އުނގޫފާރުގެ ޖަމާއަތަކުން ފަށައިފިއެވެ.އުނގޫފާރު ފޯސްޓިއަރިނގ އެވެއަރނެސް އެސޯސިއޭޝަނުން އެރަށު ކައުންސިލާއި ގުޅިގެން ހިންގާ މި ޕްރޮޖެކްޓަކީ، އުނގޫފާރުގެ އެކި ދިމާލުން ރަށްގިރުމުގެ މައްސަލަ އިތުރުވަމުން އަންނާތީ ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަމަށް އެ ޖަމާއަތުން މައުލޫމާތުދެއެވެ.މި ޕްރޮޖެކްޓް ރޭވިފައިވާގޮތުން ގޮނޑުދޮށްތަކުގައި ފަސޭހައިން ހެދި ބިޔަވާ ޒާތުގެ ގަސް އިންދާ ބަލަހައްޓަންޖެހެއެވެ. އަދި މިކަމަށްބޭނުންވާ ގަސް ހާއްސަ ނާސަރީއެއްގައި ހެއްދުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެޓްގެ ދިރާސާތައް މިހާރުވަނީ ނިމިފައިކަން އުފާ ޖަމާއަތުން ހާމަކުރެއެވެ.އުނގޫފާރުގައި އިޖްތިމާއީކަންކަން ކުރުމަށް ރަޖިސްޓްރީކޮށް ތިންޖަމާއަތެއް ހިންގަމުންދާއިރު، ހުރިހާޖަމާއަތަކުންވެސްދަނީ އަހަރުގެ ދުވަސްތަކަށްބަހާލައިގެން އެކި ހަރަކާތްތައް ހިންގަމުންކަން އުނގޫފާރު ކައުންސިލުން ފާހަގަކުރެއެވެ.