ޚަބަރު

ހއ އަތޮޅޫގައި ހުރި އާސާރީ ތަންތަން ހިމާޔަށް ކުރުމާ ބެހޭގޮތުން މަޝްވަރާ ކޮށްފި


ހއ އަތޮޅުގައި ހުރި އާސާރީ ތަންތަން ހިމާޔަށް ކުރުމާ ބެހޭގޮތުން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން އެ އަތޮޅުގެ ކައުންސިލަރުންނާއި މަސްވަރާ ކުރައްވައިފިއެވެ.

ހއ އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ދިއްދޫއިން މިނިސްޓަރ ޔުމްނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިނިސްޓަރ ވަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާ ބައްދަލުކުރައްވާ އާސާރީ ތަރިކަ ހިމާޔަތް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދިއްދޫ ދާއިރާގެ މެމްބަރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކައުންސިލްތކާއެކު ބޭއްވެވި ބައްދަލުވުންތަކުގައި މިނިސްޓަރ ވަނީ ދިއްދޫގައި ހުރި އެންމެ ދުވަސްވީ މިސްކިތް ހިމާޔަތްކުރުމާއި ތަރިކަ ހިމާޔަތްކުރުމުގެ އިތުރުން އެއަތޮޅުގަ ހުރި އާސާރީ ތަންތަނާއި ދުވަސްވީ ލިޔެކިޔުންތައް ދިގުމުއްދަތަކަށް ފެންނާނެހެން ރައްކާތެރިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ވަޑައިގެންނެވި ވަފުދުން ވަނީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ދެއްވާފައިވަނީ ރިސަރޗް އެނަލިސްޓް މުހައްމަދު ނާޖިޙުއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ އުތުރުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކުރުމާއި ފަންނުވެރިކަން ދިރުވާއާލާ ކުރުމުގެ މަޝްވަރާތައް ކުރުމަށް ހއ ބައެއް ރައްތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މިނިސްޓަރ ވަނީ މިހާތަނަން ހއގެ 6 ރަށަކަށް ޒިޔާރަށް ކުރައްވާފައެވެ.