ޚަބަރު

ހުޅުދޫ ފްލެޓްތަކަށް ޕޮެއިންޓް ދިން ލިސްޓް އާއްމުކޮށްފި


އައްޑޫސިޓީ ހުޅުދޫގައި އަޅާފައިވާ 48 ފްލެޓުގެ ތެރެއިން ކެޓަގަރީ 'އޭ' އަދި 'ސީ' އަށް ފޯމް ހުށައަޅައި، ޝަރުތު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބުނު ލިސްޓް އާއްމުކޮށްފިއެވެ.

ކެޓަގަރީ 'އޭ' ނުވަތަ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ 23 ފްލެޓަށް 32 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ހުޅުމީދޫ އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީ 'ސީ'ގެ 15 ފްލެޓަށް ކުރިމަތިލާފައި ވަނީ 2 ފަރާތަކުންނެވެ. ފްލެޓްތަކަށް ޝަރުތު ހަަމަވެ ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓްވެސް ވަނީ އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ، ފްލެޓް ތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓު އަވަށު އޮފީސް ތަކުގެ ނޯޓިސް ބޯޑުގައި އަދި ކައުންސިލުގެ ވެބްސައިޓުގައި ޝާޢިއު ކޮށްފައެވެ.

މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް ސިޓީ ކައުންސުން ބުނެއެވެ.

ފްލެޓްތައް ލިބޭ ފަރާތްތަށް އިއުލާން ކުރާނީ، ޝަކުވާ ހުށައަޅައި ނިމި، ލިސްޓަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށް ފަހު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހުޅުމީދޫގެ އިތުރުން ހިތަދޫގައި ވެސް ސަރުކާރުން ވަނީ 264 ފްލެޓް އިމާރާތްކޮށްފައެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައި ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް ފްލެޓްތަށް ދޫކުރެވޭނެ ތާރީޙެއް މިހާތަނަށް އެނގިފައި ނުވެއެވެ. ދާދި ފަހުން ހައުސިންގް މިނިސްޓަރ އައްޑޫ އަށް ކުރެއްވި ދަތުރުުފުޅުގައި ވިދާޅުވީ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ފްލެޓްތަށް ލިބޭ ފަރާތްތަށް އިއުލާން ކުރާނެކަމަށެވެ.