ކުޅިވަރު

އައިއޯއައިޖީގެ ފްޓްބޯޅައިގައި ރާއްޖެ ގްރޫޕް އޭގައި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅައިގައި ރާއްޖެ ގްރޫޕް އޭގައި ލައްވާލައިފިއެވެ.ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ތިން ޤައުމެއް ހިމެނެއެވެ. އެއީ ޝީޝެލްސް، މަޔޮއްޓޭ، އަދި މަޑަގަސްކަރައެވެ. ގްރޫޕް ބީގައި ހިމެނެނީ ތިން ޤައުމެވެ. އެއީ ގޭމްސް އޮންނަ ރީޔޫނިއަންއާއި ކޮމޯރޯސްއާއި މޮރިޝަސްއެވެ.ބާސްކެޓްބޯޅައިގައި ރާއްޖެ ހިމެނުނީ ރީޔޫނިއަންއާއި މޮރިޝަސްއާއި އެކު ގްރޫޕް ބީގައެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ޝީޝެލްސް، މަޑަގަސްކަރަ، މަޔޮއްޓޭ، އަދި ކޮމޯރޯސްއެވެ.އަންހެން ހޭންޑްބޯލް ޓީމް ހިމެނުނީ ގްރޫޕް ބީގައެވެ. އެއީ ރީޔޫނިއަން، ޝީޝެލްސް، އަދި މޮރިސަސްއާއެކުއެވެ.