މުނިފޫހިފިލުވުން

ފާރ ފުރޮމް ހޯމް ފެށުން ރަގަޅު


މާވެލް ސީރީޒްގ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމް "ސްޕައިޑަރ މޭން ފާރ ފުރޮމް ހޯމް" ރިލީޒްކޮށްފިއެވެ.

މި ފިލްމް ޕްރިމިއަރ އޮތި މިމަހުގެ 26 ވަނަ ދުވަހުއެވެ. ފިލްމު ފުރަތަމަ ރިލީޒުކޮށްފައިވަނީ ޗައިނާ އަދި ޖަޕާނުގައެވެ.

ޖަޕާނާ ޗައިނާގައި މި ފިލްމު ރިލީޒްކުރި ނަމަވެސް ރަސްމީކޮށް މި ފިލްމް ރިލީސްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި 5 ގައެވެ.

މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދަނީ 'ޓޮމް ހޮލެންޑް' ، 'ޖޭކް ޖިލެން ހާލް' ، 'ޒެންޑަޔާ' ، 'ސެމުއެލް އެލް ޖެކްސަން' އަދި ޖެކޮބް ބެޓެލޮން އެވެ.

"ސްޕައިޑަރ މޭން ފާރ ފުރޮމް ހޯމް" އަކީ 2017 ވަނަ އަހަރު ނުކުތް މި ސިރީޒްގެ ފިލްމް "ސްޕައިޑަރމޭން ހޯމް ކަމިން "ގެ ސީކުއެލްއެކެވެ.

ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ސުކޫލް ފީލްޑް ޓްރިޕެއްގައި ޔޫރަޕްއަށް ގޮސް އުޅޭ ދަރިވަރުންނަށް ދިމާވާ އެޑްވެންޗާސްތަކެވެ.

ސްޕައިޑަރ މޭން ހޯމް ކަމިން ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީތައް ހޯދާފައެވެ. އާ ފިލްމްވެސް ބޮކްސް އޮފިހުގައި ރަގަނޅު ކާމިޔާބީތަކެއް ހޯދާނެކަމަށް ބެލެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާގައި ފިލްމަށް ލިބުނު ތަރުޙީބު ބޮޑެވެ. އެގޮތުން ޗައިނާގެ ބޮކްސް އޮފީހުގައި އެއްވަނަ އަށް އޮތް ފިލްމް 'ވެނޮމް' ވައްޓާލާ 'ސްޕައިޑަރ މޭން ފާރ ފްރޮމް ހޯމް ވަނީ ބޮކްސް އޮފީހުގެ އެއްވަނަ އަށް ޖެހިލާފައެވެ. ފުރަތަމަ ދުވަހުވެސް 35.5 މިލިއަން ޑޮލަރު ހޯދާފައެވެ.

160 މިލިއަން ޔޫއެސް ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރ ޕްރޮޑިއުސަރ ޖޯން ވޯޓްސްއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ފިލްމު އެޅުވުމުގެ ތައްޔާރީތައްވަމުން އަންނައިރު ރާއްޖޭގެ ޝުވެކް ސިނަމާގައިވެސް މި ފިލްމް އަޅުވާނެއެވެ.