ދުނިޔެ

ފަލަޞްޠީނުގެ ރައްޔިތުންގެ ނިޞްބަތް 12.1މިލިޔަނަށް


ފަލަޞްޠީނުގެ ރައްޔިތުންގެ ނިޞްބަތް ބާރަ ޕޮއިންޓް އެކެއް މިލިޔަނަށް އަރާކަމަށް ފަލަޞްޠީނުގެ ތަފާސް ހިސާބުތަކާބެހޭ މައި އިދާރާއިން ހާމަކޮށްފިއެވެ.ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރި ތަފާސްހިސާބު ބުނާގޮތުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނުގެ ބާރަ ޕޮއިންޓް އެކެއް މިލިއަން ރައްޔިތުން ދިރިއުޅެއެވެ.އޭގެތެރެއިން ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅެނީ ހަތަރެއް ޕޮއިންޓް ހައެއް  މިލިއަން ރައްޔިތުން ކަމަށާއި، ބާކީ ހަތެއް ޕޮއިންޓް ފަހެއް މިލިއަން މީހުން ދިރިއުޅެނީ ޤައުމުން ބޭރުގައި ކަމަށެވެ.2014 ވަނަ އަހަރު ނިމުނު އިރު ހުޅަނގު އައްސޭރީގައި ދޭއް ޕޮއިންޓް އަށެއް މިލިއަން އަދި ޣައްޒާގައި އެކެއް ޕޮއިންޓް އަށެއް މިލިއަން މީހުން ދިރިއުޅޭ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.ފަލަަޞްޠީނުގައި ދިރިއުޅޭ މީހުންގެ ތެެރެއިން  ސާޅީސް ތިނެއް ޕޮއިންޓް އެކެއް އިން ސައްތަ މީހުން ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައެވެ.އދ ގެ ރެފިއުޖީންނާބެހޭ އިދާރާގެ ތަފާސް ހިސާބުތަަކަށް ބަލާއިރު ފަލަޞްޠީނުގެ ފަހެއް ޕޮއިންޓް ހަތަރެއް މިލިއަން މީހުން އދ ގެ ރެފިއުޖީންގެ ލިސްޓްގައި ދަފްތަރުކޮށްފައިވެއެވެ.