ދުނިޔެ

ސޫރިޔާގެ މަޞްރަަޙު އިތުރަށް ހަލަބޮލިވެދާނެ ކަމުގެ ބިރު


ސޫރިޔާގެ ރިޔާސަތާއި ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރިންނާއި ދެކޮޅަށް ސޫރިޔާ ސަރުކާރުން ކުރިޔަށް ގެންދާ އަސްކަރީ ޙަރަކާތްތައް މަދުވެފައި ވާކަމަށާއި، މިގޮތަށް ކަންތައް ދެމިގެންދާނަމަ، ސޫރިޔާގެ ތެރޭގައި ހައްދު ފަހަނަޅާފައިވާ މީހުންގެ ބާރު ގަދަވެ، ސޫރިޔާގެ މަޞްރަަޙު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.ސޫރިޔާގެ މަޞްރަޙާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް،ޗެއަރމަން ޖެނެރަލް ޑޭޕްސީ ވިދާޅުވީ ދިގުލައިގެން ގޮސްފައިވާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ،އެޤައުމުގެ ރިޔާސަތާއި ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ގްރޫޕްތަކުގެ އާރައި ބާރު ގަދަވަމުން އަންނަ މަންޒަރު ފަހަކަށް އައިސް ފެންނަމުންދާކަމަށެވެ. އެގޮތުން ސޫރިޔާގެ މުހިންމު ބައެއް އަވަށްތައް ހިޞާރު ކުރުމާއި އަސްކަރިއްޔާގެ މައި މަރުކަޒުތަކާއި ހަތިިޔާރު ގުދަންތައް ހަނގުރާމަވެރި ގްރޫޕްތަކުގެ ކޮންޓްރޯލްގެ ދަށަށް ދާ ދިއުން ފާހަަގަކޮށް ލެވޭ ކަމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި ސަރުކާރާއި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަނގުރާމަވެރި ގްރޫޕް ތަކުގެ ތެރެއިން އަލް-ޤައިދާއަށް ވާގިވެރިވެވެދޭ ހަނގުރާމަވެރިން ގްރޫޕެއް ކަމަށްވާ ނުޞްރާއާއި އައި.އެސް ހަނގުރާމަވެރި ގްރޫޕްގެ އަތްމައްޗަށް ސޫރިޔާ ގޮސްދާނޭ ކަމުގެ ބިރު ހީވާ ކަމަޑް ޑެމްޕްސޭ ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ސޫރިޔާގެ ރިޔާސަތުން މީގެ ކުރިން ވަރަށް ހިކްމަތް ތެރިކަމާއި އެކު ހަރުދަނާ ސިޔާސަތެއްގެ ދަށުން ހަނގުރާމަވެިރންގެ މައްޗަށް ކުރި ހޯދަމުން އައިސްފައިވާ ކަމަށާއި،އެހެންނަމަވެސް ފަހަކަށް އައިސް ސޫރިޔާ ސިފައިން ހަނގުޜާމަވެރިންނާއި ކުރިމަތިލާ މިންވަރު މަދުވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި ސިފައިންގެ ހަރަކާތްތައް ދަށްވެއްޖެނަމަ ،ހަނގުރާމަވެރިންގެ އާރާއި ބާރު ގަދަވެ،ސޫރިޔާގެ ތެރޭގައި އިތުރު ހަމަ ނުޖެހުމާއި ފިތުނަވެރިކަން ފެތުރި،ސޫރިޔާގެ މަޞްރަޙް އިތުރަށް ހަލަބޮލިވެގެން ހިގައިދާނޭ ކަމުގެ އިންޒާރު ޑެމްޕްސީ ވަނީ ދެއްވާފައެވެ.އެމެރިކާއން ސޫރިޔާގެ ހަމަބޮލިވެގެން ހިގައިދާނޭ ކަމުގެ އިންޒާރު ދެމުން ދާއިރު ސޫރިޔާގެ ސިފައިން އިއްޔެ ވަނީ އެޤައުމުގެ ޤައުމީ ސަލާމަތާއި ބެހޭ ބިއުރޯގެ ވެރިޔާ އަލީ މަމްލޫކް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އިދިކޮޅު ފަރާތްތަކާއި އެކު ސިއްރު އެކަހެރި ބައްދަލުވުންތަކެއް ކުރިޔަށް ގެންެދވި ކަމުގެ ތުހުމަތުގައެވެ.މުހައްލިލުން ބުނާ ގޮތުގައި އަލީ މަމްލޫކް ފަދަ  ރައީސް ބައްޝާރުލް އަސަަދަށް ވަފާތެރި ބޭކަލަކު ހައްޔަރު ކުރެއްވުމަކީ ސޫރިޔާގެ ރިޔާސަތުގެ ތެރޭގައި މިހާރު ބައި ބައިވުން އުފެދިފައިވާ ކަމުގެ ފެހި ސިގްނަލެއް ކަމަށާއި ،މި ބަލިފައިގެ އެހީގައި އިދިކޮޅު ހަނގުރާމަވެރިން ރިޔާސަތުގެ މައްޗަށް ކުރި ހޯދުމަކީ ވަރަށް ގާތް ކަމެއްކަމަށެވެ.މަމްލޫކް ހައްޔަރު ކުރެއްވި ކަން ސަރުކާރުން އިއްލާން ކުރައްވާފައިވަނީ ހަނގުރާމަވެެރިންގެ އަތްދަށުގައިވާ ސޫރިޔާ ސަރުކާރު 250 ބޭފުޅުން މިނިވަން ކުރުމަށް ސިފައިން ކުރި މަސައްކަތް ނާކާމިޔާބުވެ،ސިފައިންގެ ކުރިމަތިލުންތަކުގައި ހަނގުރާމަވެރިންގެ 72 މީހުން މަރުވުމުން އެކަމާއި ގުޅޭ ގޮތުން ރޭ އިރާކޮޅު ބޭއްވި ބައްދަލުވުމެއްގައެވެ.2011 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ސޫރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 220 ހާސް މީހުން މަރުވެފައިވާކަން އދ ގެ ރިކޯޑްތަކުން ދައްކައެވެ.