ޚަބަރު

ބަރު ހަތިޔާރާއި ގޮވާތަކެއްޗާއި އެކު ސިފައިން މަގުމައްޗަށް


ގޮވާތަކެއްޗާއި ބަރު ހަތިޔާރާއި އެކު ރަންނަމާރި ހަންޓަށް ސިފައިން ނުކުންނަން ތައްޔާރުވެއަޖެއެވެ.

ޤައުމީ ދިފާއި ބާރުން ބުނީ ކޮންމަ އަހަރަކު ބާއްވަމުން އަންނަ އަސްކަރީ ތަމްރީނު "އެކްސަސައިޒް ރަންނަމާރި ހަންޓް 2019" އާދިއްތަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށެވެ. 5 ދުވަހުގެ މުއްދަތަށް
ކުރިޔަށް ގެންދާ މި ތަމުރީނުތަކުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެއެވެ.
އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް، ބޭނުންކުރާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ތަމުރީނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ އޭރިއާއިން މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި، ކ. ތިލަފުށި ސަރަޙައްދުގައެވެ. އަދި ނޮދަން އޭރިއާއިން ޅ. އަދި ރ. އަތޮޅުގައެވެ.