ވިޔަފާރި

ޖެނެރަލް ކޮންސްޓްރަކްޝަނަށް އިތުރު ގިންތިއެއް އިތުރު ކޮށްފި


ކޮންސްޓްރަކްޝަން ރަޖިސްޓްރީގައި ނުހިމެނޭ ކުދި ކުންފުނިތަކަށް 1.5 މިލިއަން ރުފިޔާ އިން ދަށުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.ހައުސިން މިނިސްޓްރީން ބުނީ ނެޝަނަލް ކޮންސްޓްރަކްޝަން ގައިޑްލައިންގައި ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން ޖެނެރަލް ކޮންސްޓްރަކްޝަންގެ ގިންތިތަކުގެ ތެރެއަށް ގިންތި އެއް އިތުރުކޮށްފައިވާ ކަމަށެވެ. މި ގިންތިއަކީ އަލަށް ކޮންސްޓްރަކްޝަންގެ ދާއިރާގެ މަސައްކަތްތަކަށް ނުކުންނަ ނުވަތަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުމަށް އުފެއްދި ގިންތިއެއް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓާއި ބެހޭ ބާބުގައިވާ ގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން، ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ފަދައިން ނެޝަނަލް ކޮންޓްރެކްޓާސް ގައިޑްލައިންގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަން ޖެހެއެވެ.ހައުސިން މިނިސްޓްރީން ބުނީ މި ގިންތިތައް އިތުރުކޮށްފައިވަނީ މި ދާއިރާއަށް ނުކުންނަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން ކަމަށާއި 1.5 މިލިއަން ރުފިޔާއިން ދަށުގެ ބިޑްތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް ބިޑަށް ކުރިމަތިލުމަށްފަހު އެއްބަސްވުމުގައި ސޮއިކުރަންވާނީ އެފަރާތެއް ނެޝަނަލް ކޮންސްޓްރަކްޝަން ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހުގައި ކަމަށެވެ.