މިދިޔަ އޮގަސްޓްމަހު މާލެއާއި އަތޮޅު ތެރޭގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ދަށަށް ހިނގައްޖެއެވެ. މިދިޔަ މަހު ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ، %5.6 އަށް ދަށްވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ވަނީ %5.8 ދަށްވެފައެވެ. އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ، ޖޫން މަހުގެ ތެރޭގައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ، %7.8 އެވެ.
އަތޮޅުތެރޭގައި ކެއުމަށް ބޭނުންކުރާ ތަކެތީގެ އިންފްލޭޝަން ރޭޓު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ވަަރަށް ބޮޑަށް ދިޔައީ އުފުލެމުންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އިންފްލޭޝަން ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
* އޭޕްރީލް: %5.8
* މެއި: %6
* ޖޫން: %7.1
* ޖުލައި: %7.1
* އޮގަސްޓް: %5.4
މިދިޔަ އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓު ހުރީ %9 ގައެވެ. މި އަހަރުގެ މާރިޗު މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ، ވަރަށް ބޮޑަށްވެސް އުފުލިފައެވެ. އޭޕްރީލް މަހު އިންޕްލޭޝަން ރޭޓު ވަނީ، %10.2 އަށް އުފުލިފައެވެ.
ދަތުރުފަތުރުގެ އަގުތައް އުފުލުނަސް، އެހެން ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށްވުމުން އޯވަރޯލް އިންފްލޭޝަން ރޭޓު ހުރީ، %1.8 ގައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.