ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީވެސް އިސްލާމީ ޤައުމުތަކުގައި ކޮންމެއަހަރަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ކޮންމެ ހަނދުމަހެއްގެވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ. އެހެންކަމުން މިއަހަރުގއ ރަމަޟާންމަސް ނިމެނީ 29 އިންތޯ ނުވަތަ 30 ހަމަވޭތޯ ޔަޤީން ކުރަންޖެހެއެވެ.
މިއަހރުގެ ރަމަޞާން މަހުގެ ފުރަތަމަ ދުވަސް ވެފައިވަނީ މެއި މަހުގެ 6ވަނަ ދުވަހެވެ. ޖޫންމަހުގެ 3ވަނަ ދުވަސް ނުވަތަ ރަމަޟާންމަހުގެ 29ވަނަ ދުވަހު ހަނދު ސާބިތުކޮށް އެރޭ ހަނދު ނުފެނިއްޖެނަމަ ޖެހިގެން އަންނަދުވަސް ރަމަޞާންމަހުގެ 30 ހަމަކުރަންޖެހޭނެއެވެ. އަދި އެރޭ ޝައްވާލުމަހުގެ ހަނދު ފެނިއްޖެނަމަމަ ޖެހިގެން އަންނަދުވަހަކީ ފިޠުރު ޢީދުދުވަހެވެ.
މިޒަމާނުގައި ރާއްޖޭގައިވެސް އަދި އިސްލާމީ ބޮޑެތި އެހެން ޤައުމުތަކުގައިވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިހެންހަދަނީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަރު ކުޑަވާތީއެވެ. ނަމާދު ވަގުތު ބެލުމާއި މިނޫންވެސް ވަރަށްގިނަ ކަންކަމުގައި އިސްލާމީ ޤައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެއެވެ.
ފަލަކީ ހިސާބުން ދައްކާ ގޮތުގައި ރޭ މެންދަމު 03:45 އަށް ރަމަޟާންމަހުގެ 29 ދުވަސް ހަމަވާނެއެވެ. އެއީ މިއަހަރުގެ ރަމަޟާންމަސް ރާއްޖެއަށްށިދުވަހުން ފެށިގެން ހަނދުގެ ދައުރުވުމަށް ބަލާއިރު، ހަނދު މުޅީން އޮއްސޭ ވަގުތެވެ. މީގެ އިތުރުން މިއަދު މެންދުރުފަހު 15:01 ގައި މިރަމަޟާންމަހުގެ ފުރަތަމަދުވަހުންފެށިގެން މަސްދުވަސް ފުރިހަމަކުރަން ބޭނުންވާ ބުރެއް ހަމަކޮށް ހަނދު ބުރު ފެށި ހިސާބަށް ދާނެކަމަށް އިތުޞާރުހުރި ފަލަކީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މާލެއަށް މިއަދު އިރުއޮއްސުމުގެ ގާތްގަޑަކަށް 3 ގަޑިއރު ކުރިން ހަނދު އޮއްސޭނެއެވެ. އަދި މިރޭ އިރުއޮއްސޭއިރު ޝައްވާލުމަސް އޮންނާނީ ފެށިފައެވެ.
ފަލަކީ ހިސާބުން ދައްކާގޮތުން އިސްލާމީ އެހެނިހެން ބޮޑެތި ޤައުމުތަކަށްވެސް މާދަމާއަކީ މިއހަރުގެ ފިޠުރު ޢީދު ދުވަހެވެ. އެހެންކަމުން ފަލަކީ ހިސާބުން ދައްކާގޮތުން މިއހަރުގެ ރަމަޞާންމަހަކީ 29 ދުވަހުގެ މަހެކެވެ.