ޚަބަރު

ދިއްފުށީގައި ހިންގި މާރާމާރިތަކާގުޅިގެން މީހަކު ހައްޔަރުކޮށްފި


ކ.ދިއްފުށީގައި ހިންގި މާރާމާރިތަކުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ދިއްފުށީގައި ދެރޭ ހިންގި މާރާމާރިތަކުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ދެރޭ މަތިން ހިންގި މާރާމާރިއަކީ ދިއްފުށީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހިންގި މާރާމާރިއެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ގެނެސްފައިވާކަންވެސް ފުލުހުން ފާހަގަކުރައްވައެވެ.

ކ.ދިއްފުށީގައި ރޭ ހިނގި މާރާމާރި ރިޕޯތްކޯށްފައިވަނީ ރޭ 23:30 ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިއްފުށީގައި މާރާމާރީ ހިނގަން ފެށީ އެ ރަށުގައި ވައްކަން ކުރުން އިތުރުވަމުންދާތީ ވަގުން ހޯދަން ކަމަށް ބުނެ، އާންމުންތަކެއް ނުކުތުމާ ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.