ޚަބަރު

އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 24 މައްސަލައެއް ތަހުޤީގު ކުމަށް ފުލުހުންނަށް ހުށައަޅަފި


އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 24 މައްސަލައެއް ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް އިމިގްރޭސަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަށް ބިދޭސީން ގެނައުމުގައި ސައްޙަ ނޫން ލިޔެކިއުންތަކެއް ހުށަހަޅާފައިވުމާއި އަދި މިމައްސަލަތަކުގައި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަމަށެވެ.

އެހެންކަމުން އިމިގްރޭޝަނުން ދިރާސާ ކުރަމުންދިޔަ 67 ކުންފުންޏެއްގެ ތެރެއިން 23 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް، އެ މައްސަލަތައް ތަހުޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިއްޔެ ހުށަހަޅާފައިވަކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ މއިމްގްރޭޝަނުން ލިބެހުރި މައްސަލަ ތަޙްޤީގުކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް މޯލްޑިވްސް ޕްލިސް ސަރވިސްއަށް ފޮނުވާފައިވާކަމަށެވެ. މިގޮތުން 24 ކުންފުނީގެ އިސްވެރީންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލް ވެފައިވާކަމަށް ބެލެވޭ އެންމެހާ ފަރުދުންގެ މަޢުލޫމާތު ފޮނުވާފައިވާކަމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން މައްސަލަތަކުގެ ތަހުޤީގު ނިމެންދެން، 24 ކުންފުނީގެ ޙިއްސާދާރުންނާއި، މިމައްސަލަތަކާއި ގުޅުންހުރި
އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއް ވާނީ މެދު ކަނޑާލާފައެވެ.

އަދި މި ފަރާތްތަކުގެ އިތުރުން ބިދޭސީންނާއި ގުޅުންހުރި މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އިމިގްރޭޝަނުން ދިރާސާ ކުރަމުންދާ އެންމެހާ ކުންފުނިތަކާއި ފަރުދުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޙިއްޞާ ކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.