ވިޔަފާރި

ޗެކްރިޕަބްލިކަށް ފަރުމަސް ބޭރު ކުރުމަށް ހެލްތް ސެޓްފިކެޓް ދެނީ


ޔޫރަޕްގެ ޗެކްރިޕަބްލިކަށް ރާއްޖެއިން އެތެރެކުރާ ފަރުމަހުގެ ބާވަތްތަކުން ސިގުއަޓެރާ ޓެސްޓް ހަދަން ނުޖެހޭނެކަމަށް އެގައުމުގެ ސްޓޭޓް ވެޓެރިނަރީ އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.އަދި މިއާއެކު ޗެކްރިޕަބްލިކަށް ފަރުމަސް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހެލްތް ސެޓްފިކެޓް ދޫކުރާގޮތަށް މިހާރު ވަނީ ހަމައްޖައްސާފައެވެ.މިކަމާއިގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނީ ޗެކްރިޕަބްލިކަށް ފަރުމަސް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް ހެލްތް ސެޓްފިކެޓް ދޫކުރުމުގެ އިންތިޒާމް އިއްޔެއިން ފެށިގެން އެ ސެޓުފިކެޓް ދޫކުރުމުގެ އުސޫލުތަކާ އެއްގޮތަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެއޮތޯރިޓީގެ ހެލްތު ސެޓްފިކޭޝަން ޔުނިޓްގައި ހަމަޖެހިފައިވާނޭ ކަމަށެވެ.ސިގުއަޓެރާ ޓެސްޓަކީ މަހުގައި އުފެދޭ މާއްދާއެއްގެ ސަބަބުން، އެ މަސް ކެއުމުން އިންސާނާ ވިހަވާތީ އެކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.