ކުޅިވަރު

ތިނަދޫ ކައުންސިލް ފުޓްސަލް: އެފްސީ ދަޑުކޮޑިއަންސް 12 ލަނޑުޖަހައިގެން މޮޅުވެއްޖެ


ގދ. ތިނަދޫ ކައުންސިލްގެ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކައި، އެފްސީ ދަޑުކޮޑިއަންސް ޓީމުން އަސްދާން ސްޕޯޓްސް ބަލިކޮށްފިއެވެ. މި މެޗުން އެފްސީ ދަޑުކޮޑިއަންސް މޮޅުވީ 5 ލަނޑު 12 ލަނޑުންނެވެ.

މި މެޗުގައި އެފްސީ ދަޑުކޮޑިއަންސް އިން 12 ލަނޑު ޖަހާފައިވާއިރު، އޭގެ ތެރެއިން 4 ލަނޑު ޖެހީ އެ ޓީމުގެ ހުސައިން ރަޝީދެވެ. އެޓީމުގެ އަލީ ސިޔާހުވެސް ވަނީ ރޭގެ މެޗުގައި ޓީމަށް 4 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އެޓީމުގެ އިބްރާހިމް އިސްމާއިލް ތިން ލަނޑު ޖަހާފައިވާއިރު، މުހައްމަދު ޒަޔާން މުލާޒް ވަނީ ޓީމަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި އަސްދާން ސްޕޯޓްސްއިން ފަސް ލަނޑު ޖެހި އިރު އޭގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިޒާމް މުހައްމަދެވެ. އެޓީމަށް ދެން ގޯލު ޖަހާފައިވަނީ ރީޝަމް މުހައްމަދު ޝަރީފާއި ސިޔާމް މުހައްމަދުގެ އިތުރުން އަހުމަދު ސޯލިހެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ދަޑުކޮޑިއަންސްއަށް 4 ލަނޑު ކާމިޔާބުކޮށްދިން، އަލީ ސިޔާހެވެ.