ކުޅިވަރު

އަޝްފާޤްގެ 2 ގޯލާއިކު ޕީޑީއާރުއެމް ލީގުގެ ތިންވަނަ އަށް


އަލީ އަޝްފާޤްގެ ދެ ގޯލުން މެލޭޝިޔަން ސުޕަރ ލީގުގައި އިއްޔެ ޕީޑީއާރްއެމް ކުޅުނު މެޗް ފަސޭޙަކަމާއެކު ކާމިޔާބުކޮށްފިއެވެ.ސިމް ޑާބީއާ ބައްދަލުކުރި މި މެޗް ޕީޑީއާރްއެމް ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.މެޗްގައި އަޝްފާޤް ކާމިޔާބުކުރި ދެ ގޯލުގެ އިތުރުން ޕީޑީއާރްގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ސުމާރޭއާ މާޖިދުއެވެ.މި މެޗްގައި ކޮންމެ ޓީމެއްގެވެސް އެއް ކުޅުންތެރިއަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީޑީއާރްއެމް އޮތީ މެލޭޝިޔަން ސުޕަރ ލީގުގެ ތިންވަނާގައި ފަނަރަ ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ސިމް ޑާބީ އޮތީ ލީގުގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކުއެވެ.ލީގުގެ އެއްވަނާގައި ސަތާރަ ޕޮއިންޓާއެކު އޮތީ ސެލެންގޯއެވެ.ލީގުގައި ދެން ޕީޑީއާރްއެމް ކުޅެން ޖެހޭ މެޗް އޮންނާނީ މިމަހުގެ ފަންސަވީސްވަނަ ދުވަހު ޓެރެންގަނޫއާ ދެކޮޅަށެވެ.