ކާނާ

ރެސިޕީ : އިންޑިއަން ސްޓައިލް ކެސަޑިއާ


އިންޑިއަން ސްޓައިލް ކެސަޑިއާ

ރޮށްޓަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ކާއެއްޗޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއީ ދިވެހިންގެ ސުފްރާ މަތިން ކޮންމެ ގަނޑިއެއްގައިވެސް އެކި އެއްޗެއްސާއެކު ކެއުމަށް ބޭނުންކުރާ އެކައްޗެވެ. މިފަހަރުގެ ރެސިޕީއަކީ ރޮށި ބޭނުންކޮށްގެން ތަފާތު އެއްޗެއް ތައްޔާރުކުރަން ބޭނުންނަމަ އަޖުމަބަލާލަން ރަގަނޅު ޑިޝްއެކެވެ.

ބޭނުންވާނެ ތަކެތި

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާނެ ތަކެތި

ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާފައި، ތެޔޮކޮޅެއްގައި މީރުކޮށް ރޯފިލުވާފައި)
1/2 މޭޒުމަތީ ސަމުސާ ތެޅި މިރުސް
1/2 މޭޒުމަތީ ސަމުސާ މުގުރި ދިރި
1 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ޕައުޑަރ
1/2 މޭޒުމަތީ ސަމުސާ ގަރަން މަސާލާ
ލޮނު (ރަހަލާވަރަށް)

ޑިޝް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި

1 މޭޒުމަތީ ސަމުސާ ތެޔޮ
2 ފިޔާ (ކުދިކޮށް ކޮށާފައި)
2 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ބެލް ޕެޕަރ (ރަތް، ކުދިކޮށް ކޮށާފައި)
1/2 ސަމުސާ ގަރަމް މަސާލާ
1 ސަމުސާ ކޮރިއަންޑާ ޕައުޑަރ
ލޮނު (ރަހަލާވަރަށް)
ރޮށި (ފިހެފައި ހުރި)
ޗީޒް (މޮޒަރެއްލާ އަދި ޗެޑަރ، ގާނާފައި ހުރި)

ތައްޔާރުކުރާނެ ގޮތް


މަޑުގިނީގައި ތެޔޮކޮޅަކާއެކު ތާހެއް އުދުންމަތީ ހޫނުކުރަން ޖައްސާށެވެ. ތާސް ހޫނުވުމުން ފިޔާ، ޓޮމާޓޯ، ބެލް ޕެޕަރ، ގަރަމް މަސާލާ، ކޮރިއަންޑާރ ޕައުޑަރ، ލޮނު އަޅާ މީރުކޮށްލަށެވެ. ފިޔާ އަދި ތަރުކާރީކޮޅު މަޑުވެ، މީރުވުމުން ކުރިން ތައްޔާރުލޮށްފައި ހުރި ކުކުޅު ކޮޅު ތާސް ތެރެއަށް އަޅާ ހުރިހާ އެއްޗަކާ އެއްކޮށްލާށެވެ. ދެތިން މިނެޓު މި ހުރިހާ އެއްޗެއް ކައްކާލާށެވެ.

ތައްޓެއްގެ މަތީގައި ރޮށިތަކުގެ ތެރެއިން ރޮށްޓެއް ފަތުރާލުމަށްފަހު ކުރިން ތައްޔާރުކުރި ކުކުޅުގެ އެތިކޮޅެއް ރޮށިމަތީ ފަތުރާލަށެވެ. ދެން މީގެ މައްޗަށް ގާނާފައިހުރި ޗީޒްކޮޅެއް އަޅާ ފަތުރާލުމަށްފަހު ސޭންޑްވިޗެއް ފަދައިން އެހެން ރޮށްޓެއް މީގެ މަތީގައި އަނެއްކާވެސް ފަތުރާލާށެވެ. ހުރިހާ ކުކުޅަކާއި ރޮށްޓެއް މިހެން ތައްޔާރުކޮށްލުމަށްފަހު ފަހަރަކު އެއްޗެއް ތަތްނުލަވާ ތަވައެއްގެ މަތީ ފިހެލާށެވެ. ކޮންމެ އެއްޗެއްގެ ދެފަޅި ރަގަޅަށް ފިހެލުމުން ޗީޒްތައް ދިޔާވާނެއެވެ. ދެން ނަގާ ކަޓިން ބޯޑުމަތީ ހިހޫކުރަން ބާއްވާލާށެވެ. އަދި ކުޑަކޮށް ހިހޫވުމުން ހަތަރު ފަޅިކޮށްލާށެވެ. މިހުރީ އިންޑިއަން ސްޓައިލް ކެސަޑިއާ ތައްޔާރުވެފައެވެ.