ކާނާ

ރެސިޕީ : ބަލީލާ ސެލަޑް


ބަލީލާ ސެލަޑް

ދިވެހިންނަކީ ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތްކުރާ ބައެކެވެ. މިފަދަ ފަރާތަކަށް މީ ރަނގަޅު ކެއުމެކެވެ. ޢާންމުކޮށް ތައްޔާރުކުރާ ސެލަޑުތަކާ ތަފާތު ބަލީލާ ސެލެޑަކީ މެދުއިރުމަތީގައި މަޝްހޫރު ސެލެޑެކެވެ. ހާރުދަމަށް ނުވަތަ ރޯދަ ވީއްލާގަޑިއަށްވެސް މިސެލެޑު ތައްޔާރުކޮށްލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި

2 ދަޅު ރެޑް ކިޑްނީ ބީންސް
1/2 ޖޯޑު މިންޓް ލީވްސް (ކުދިކޮށް ކޮށާފައި)
1/2 ފާސްލީ (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފަ)
1 ޖޯޑު ޗެރީ ޓޮމާޓޯ (ދެފަޅިކޮށްފައި)
1 ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)
1 ލޮނުމެދުކޮޅު (މިންސްކޮށް ކޮށާފައި)
1/4 އޮލިޗް އޮއިލް
3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
5 މޭޒުމަތީ ސަމުސާ އެޕަލް ސައިޑަރ ވިނެގަރ
ލޮނު / އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޮޑު ބޯތައްޓެއްގައި ބީންސް، މިންޓް ލީވްސް، ޕާސްލީ، ފިޔާ އަދި ޗެރީ ޓޮމާޓޯ އެއްކޮށްލާ އެއް ކައިރީގައި ބަހައްޓާށެވެ.
ބްލެންޑަރެއް ނުވަތަ މިކްސަރެއް ބެލްޕެޕަރ، ލޮނުމެދު، އޮލިވްއޮއިލް، ލުނބޯ ހުތް، އެޕަލްސައިޑަރ ވިނެގަރ އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. ހުރިހާއެއްޗެއް ރަގަނޅަށް އެއްވުމުން ބޯތަށީގައި ހުރި ތަރުކާރީތަކު މައްޗަށް އަޅާ އެއްކޮށްލާށެވެ. ސެލެޑް ތިހުރީ ތައްޔާރުވެފައެވެ. އެއްޗަކާ ނުލ\ާ ހުސްކޮށް ކާލަންވެސް މީ އެއްވަނައިގެ ސެލަޑެކެވެ.