ޚަބަރު

ކުމުންދޫ ކައުންސިލުން ރޯދަ މަހު ހިލޭ ކުނިއުކާދެނީ


ރައްޔިތުންނަށް ރޯދަ ހަދިޔާއެއް ދިނުމުގެ ގޮތުން ހދ ކުމުންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކާދިނުމަށް ނިންމައިފިއެވެ.

އެ ކައުންސިލުން ޢާންމުކުރި އިޢުލާނުގައި ބުނެފައިވަނީ މި ޕްރޮގުރާމުގެ ދަށުން އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކަކުން ހިލޭ ކުނި އުކާދޭނެކަމަށެވެ. އަދި މިއީ ކުނިމެނޭޖްކުރުމުގެ ޕްލޭންގެ ދަށުން ފަށާ ޚިދުމަތެއްކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ރޯދަމުގެ ދެވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 15ވަނަ ދުވަހާހަމައަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ކުނި އުކާލަން ކައުންސިލްގެ ވޭސްޓްމެނޭޖްމެންޓް ޓީމްތައް ޙަރަކާތްތެރިވާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9ން 11:30އަށެވެ. އަދި ގޭބިސީތަކުގައި އުކާލަން ނަގާ ކުނި ބަހައްޓަން ޖެހޭނީ ވަކިކުރެވިފައިކަމަށް އެ ކައުންސިލުންބުނެއެވެ.

ހދ ކުމުންދޫގެ އާބާދީގައި 1،470 މީހުން ހިމެނޭއިރު، 201 ގޭބިސީގައި މީހުން ދިރިއުޅެމުންދެއެވެ.