ޚަބަރު

ފޮޓޯ ޢާންމުކުރުމުން އެކަކު ފުލުހުންނަށް އަމިއްލައަށް ހަވާލުވެއްޖެ


މިދިޔަ
މަހުގެ އަށާވީސް ވަނަ ދުވަހުގެ ރޭ އައި.ޖީ.އެމް.އެޗް ކައިރީގައި ޒުވާނަކަށް ތޫނު
އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައިގެ ތުހުމަތުގައި ހޯދަމުންދާ ދެމީހުންގެ
ތެރެއިން އެކަކު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާކަމަށް
ފުލުހުން ބުނެފިއެވެ.



ފުލުހުން
ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ މައި
މަރުކަޒަށް ޙާޟިރުވެފައިވަނީ ޏ.ފުވައްމުލައް
ދަނޑިމަގު، ޝައިނީ މުހައްމަދު ސަމީޙް (19އ) ކަމަށެވެ. މި މައްސަލައިގައި ދެން
ހޯދަމުން ދަނީ ޏ.ފުވައްމުލަށް ހޯދަޑު،
ނޯވެލް، މުޙައްމަދު ޝަމްލު (18އ) އެވެ. މި ދެމީހުން ހޯދުމަށް ފުލުހުން ފޮޓޯ ޢާންމުކުރީ
މިއަދުގެ ވަގުތެއްގައެވެ.



މިދިޔަ
މަހުގެ އަށާވީސް ވަނަ ދުވަހުގެ ރޭ ހިންގި މި މާރާމާރީގައި ޒަހަމްވި  މާލޭ ދަފްތަރު ނޫރު އާދަމްފުޅަށް އައި ޖީ އެމް
އެޗްގައި ފަރުވާ ދެމުންދަނިކޮށް އެރޭ ތިންގަޑި ތިރީސް އެހާކަން ހާއިރު ވަނީ މަރުވެފައެވެ.