ޚަބަރު

ހއ އަތޮޅު ޤުރުއާން މުބާރާތް ފަށައިފި


ހއ އަތޮޅަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ހއ އަތޮޅު ކައުންސިލުން އިންތިޒާމްުކޮށްގެން ކުރިޔަށްގެންދާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އެއަތޮޅުގެ 4 ރަށަކުންނެވެ. އެއީ ދިއްދުއާއި ކެލައާއި އިހަވަންދުއާއި ހޯރަފުށިންނެވެ. 23 ބައިވެރިންނާއެކު ކުރިޔަށް ގެންދާ މި މުބަރާތް މިއަހަރު ކުރިއަށްދަނީ ހއ. ކެލާގައެވެ.

މި މުބާރާތް ކުރިޔަށް ގެން ދިއުމަށް ހަމަޖެހިފައިވަނީ ދެ ގޮތްޕަކަށް ބަހާ ލައިގެންނެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ހިތުން ކިޔުމުގެ ގޮތްޕެވެ. ބަލާގެން ކިޔުމުގެ ގޮފީގައި 20 ދަރިވަރުން ބައިވެރި ވެފައި ވާއިރު ހިތުން ކިޔުމުގެ ގޮފީގައި ބައިވެރި ވެފައިވަނީ 3 ދަރިވަރުންނެވެ.

16 އަހަރުން މައްޗަށް ހުޅުވާލެވިގެން ކުރިޔަށް ގެންދާ މި މުބަރާތުގެ އިސް ފަޑިޔާރުކަން ކުރައްވަނީ ޓީވީއެމް އިން ގެނެސްދިން އެންމެ އަލިގަދަ ތަރީގެ ފަޑިޔާރުކަން ކޮއްފައިވާ އަލްގާރީ އިބްރާހިމް ޝިފާއުއެވެ.

މިމުބާރާތަކީ ޤައުމީ ޤުރުއާން މުބާރާތުގައި ހއ އަތޮޅު ތަމްސީލް ކޮށްދޭނެ ބައިވެރިން ހޮވުމަށް ޓަކައި ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ މިމުބާރާތް ކުރިޔަށްގެންދަނީ އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާއެކު ކަމަށް ހއ.އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.