ޚަބަރު

ނާއިބު ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި


ނާއިބު ރައީސް ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސަށް ފުވައްމުލައް ސިޓީގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް އާއި އޮފީސްތަކުގެ އިސްވެރިންނެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގެ ގިނަ ރައްޔިތަކެއް ވަނީ ވައިގެ ބަނދަރުން އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ.

ނާއިބް ރައީސް ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ފުވައްމުލައް ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހުޅުވައި ދެއްވުމުގެ އިތުރުން ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވެސް މި ދަތުރުފުޅުގައި ބައިވެރިވެޑައިގަންނަވެއެވެ.