ޚަބަރު

އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށް ބަޔަކު ފިލައިފި


މާލޭގެ މަގެއްގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވިއިރު އޭގެ ތެރެއިން އެއް ސައިކަލު ދުއްވި މީހުން ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ފަތިހު ގާތްގަނޑަކަށް 05:02 ހާއިރު ހަވީރީ ހިނގުން، ޑޯން ކެފޭ ކުރިމަތިން ދުއްވާފައިދިޔަ 2 ސައިކަލެއް އެމަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓުވުމުން އޭގެ ތެރެއިން އެއް ސައިކަލުގައި ތިބި މީހުން ފިލާފައިވާކަމަށެވެ. އަދި އަނެއް ސައިކަލުގައި ތިބި 2 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށާ، އެ މީހުންނަށް އައި.ޖީ.އެމް.އެޗުގައި ދީފައިވާކަމަށެވެ. މި ޙާދިސާގައި އެ 2 މީހުންގެ ގައިގެ އެކި ތަންތަނުން ހަންމަށައިގެން ދިއުން ފިޔަވާ ބޭރުފުށުން މާ ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ޙާދިސާގައި އަނިޔާވެގެން ފަރުވާ ހޯދާފައިވަނީ 20 އަހަރާއި 24 އަހަރުގެ 2 ފިރިހެންނުންނެވެ. އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސްވެސް ނެތްކަމަށް ފުލުހުން ވިދާޅުވެއެވެ.