ޚަބަރު

އެމްޓީސީސީ ފެރީގެ ޙިދުމަތް ބޮޑު ތިލަދުންމައްޗައް!


ހއ އާއި ހދ އަތޮޅުގައި މާދަމާ ފެރީގެ ޚިދުމަތް ދޭން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ފޯރުކޮށްދެމުންދާ ދަތުރު ފަތުރުގެ ޙިދުމަތް ފުޅާކުުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާ މި ދަތުރުތައް ހަފްތާގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީް ބުނެއެވެ. ފެރީގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 6:30 ން 15:30އަށެވެ. ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށް ކުރާ ފެރީ ދަތުރުތަކުގެ ތާވަލުވެސް އެމްޓީސީސީން މިހާރުވަނީ އާންމުކޮށްފައެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ފެރީގެ ޚިދުމަތް ދެމުންގެންދާ ކުންފުންޏެކެެވެ. ހުޅުމާލެއާއި ހުޅުލެ އަދި ވިލިމާލެއާއި މާލެއާ ދެމެދު ފެރީގެ ޙިދުމަތް ދެމުން ގެންދަނީވެސް އެމްޓީސީސީންނެވެ. މީގެއިތުރުން ބައެއް އަތޮޅުތަކަށްވެސް އެކުންފުނިން ދަނީ ފެރީގެ ޚިދުމަތް ދެމުންނެވެ.

އެކި އަތޮޅުތަކަށް ޚިދުމަތް ދޭ އަތޮޅު ފެރީގެ ނިޒާމް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ މަސައްކަތާއެކު ފެންވަރު ރަނގަޅު ފެރީގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.