ޚަބަރު

ސޯޅަ އަހަރުން ދަށުގެ އިންޓަ ސްކޫލް ކްރިކެޓް މުބާރާތް ފަށައިފި


ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެމް ބާއްވާ، އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ ކުޅުން ފަށައިފިއެވެ.

ޖުމްލަ ހަތަރު ސްކޫލާއެކު މުބާރާތުގެ ކުޅުން ފެށިއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔަތު ޝަރަފްވެރި ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާޢީލެވެ.

މިމުބާރާތުގައި ވާދަކުރާ ސްކޫލް ތަކަކީ، ޣާޒީ ސްކޫލައި ޖަމާލުއްދީން ސްކޫލުގެ އިތުރުން މުހިއްޔިދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ.

މުބާރާތުގެ މެޗުތަށް ކުޅެނީ ވިހި އޯވަރަށެވެ.